ފާއިތުވީ 5 އަހަރުދުވަސްތެރޭ އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ވަޒީރު ޠާރިޤު އިބްރާޙިމް ވިދާޅުވެއްޖެއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް މިހެން ވިދާޅުވީ، އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމުގައެވެ.
ވަޒީރު ޠާރިޤު އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ އެ ވުޒާރާގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާ އެތަންތަނުގެ ހާލަތު ބެއްލެވުމެވެ. އެގޮތުން ވަޒީރުވަނީ ވެމްކޯގެ ސައިިޓަށާއި، ފެނަކަ ސައިޓަށް ޒިޔާރަތްކުރައްވާފައެވެ.
މި ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، އައްޑޫ ސިޓީގެ ސެންޓްރަލް ޕަވަރ ސްޓޭޝަން އޮތީ ވަރަށް ދެރަ ހާލަތެއްގައި ކަމަށެވެ.
" އެތަނުގައި އެބަހަދާ ޕަވާ ހައުސްއެއް، އެކަމަކު އެތަންވެސް އޮތީ ނުނިމި، ހާލަތަކީ އެތަނުން ޖެނެރޭޓަރެއް ހަލާކުވެއްޖެއާއި، އައްޑޫގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑޭނެ، އެއްވެސް ގޮތަކަށް މެއިންޓަނެންސް މަސައްކަތެއް ކޮށްފައެއް ނެތް، ފެނަކައިން އައްޑޫގައި ކުރަން ޖެހޭ މަސައްކަތްތައްކޮށްފައެއް ނުވޭ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޠާރިޤު ވިދާޅުވީ އައްޑޫ ސިޓީގެ ފެން އުފައްދާ ނިޒާމުވެސް ތަރައްޤީކޮށްފައިނުވާ ކަމަށެވެ. އެގޮތުން އަދިވެސް އެސިޓީގައި ހުރީ އެއްމެ އާރުއޯ ޕްލާންޓެއް ކަމަށާއި، އެއީ 2018ގައި ހުރި ޕްލާންޓުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވެމްކޯގެ ސައިޓުތަކަށް ކުރި ޒިޔާރަތުގައިވަނީ ކުނި ނެގުމުގެ ނިޒާމްތައް ރަނގަޅު ކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން ވަޒީރުވަނީ މަޝްވަރާކުރައްވާފައެވެ.
" އެންމެ މުހިންމު ކަމަކީ އިތުރަށް ރައްކާތެރިކޮށް، އަދި ކުނި ނަގަން ޖެހޭ ދުވަހު ކުނި ނަގާ، ރޯދަ މަސް އަންނަން ވާއިރަށް އެ ޚިދުމަތް ހަރުދަނާކުރުން، "ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ މިދަތުރުފުޅުގައި ވަނީ އައްޑޫ ސިޓީ ކައުންސިލްގެ ބޭފުޅުންނާއިވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން ކައުންސިލުގެވެސް ހުރި ކަންބޮޑުވުންތަކާއި އެ ސިޓީގައި ފެނަކައާއި ވެމްކޯއިން ދެމުންދާ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.
"ފާއިތުވެދިޔަ 5 އަހަރު އައްޑޫ ސިޓީގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތް ކޮށްފައެއް ނުވޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ