ދައުލަތަށް ލިބެންޖެހޭ 13 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި، އެ ފައިސާ ހޯދާނަން: ރައީސް

ދައުލަތަށް އެކި ގޮތްގޮތުން ލިބެންޖެހޭ 13 ބިލިޔަނަށްވުރެ ގިނަ ރުފިޔާ މި ސަރުކާރުން ހޯދައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދައުލަތަށް އެކި ގޮތްގޮތުން ލިބެންޖެހޭ ފައިސާގެ ތަފްޞީލު ހިއްސާކުރައްވާފައެވެ. މިއީ ކުރީގެ އެއްވެސް ސަރުކާރަކުން ހޯދުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިނުވާ ފައިސާތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ޖުމްލަ 13 ބިލިޔަނަށްވުރެ ގިނަ ރުފިޔާ މިގޮތަށް ދަޢުލަތަށް ލިބެންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ދައުލަތުގެ ގާތްގަނޑަކަށް ދަރަނި އެއްކޮށްހެން ޚަލާސްކުރެވޭ ވަރުގެ އަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މިގޮތަށް ނުލިބިހުރި ފައިސާ މި ސަރުކާރުން ހޯދާނެކަމަށެވެ. އަދި އެކަމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް މިހާރުވެސް އަޅަން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށް ޚާއްސަ، އެސެޓް ރިކަވަރީ ޤާނޫނެއް ހެދުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިތުރު ތަފްޞީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ