ދިވެހިރާއްޖެ އާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ދެމެދު ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަޝިޕް (ސީޕާ) އެއްބަސްވުމެއް ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އިން ގެނެސްދޭ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ، ޔޫއޭއީއާ އެކު ސީޕާ އެގްރިމެންޓެއްގައި ސޮއިކުރުމުގެ މަޝްވަރާތައް މިހާރު އެޑްވާންސްޑް ސްޓޭޖަށް ގޮސްފައިވާ ކަމަށެވެ. މުންދު ވިދާޅުވީ، މިއެއްބަސްވުމުގައިވެސް ދިވެހި ސަރުކާރުން ހިމަނާނީ މަހުގެ އުފެއްދުންތަކެވެ. އަދި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމުގައި ލުއި ގޮތްތައް ހޯދުމަކީ ރާއްޖެއިން ގައުމުތަކާ އެކު ކުރާ ވިޔަފާރީގެ ހުރިހާ މަޝްވަރާއެއްގައި ވެސް އެންމެ އިސްކަންދޭ ކަންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ ގާތްގަނޑަކަށް ފްރީ ޓްރޭޑް އެގްރިމެންޓެއް ހަމަ. އެއީ ޔޫއޭއީގައި އޮންނަ އެންމެ ވަރުގަދަ އެކްސެސް އެއްބަސްވުން،" މުންދު ވިދާޅުވިއެވެ،
ސީޕާ އެއްބަސްވުމަކީ ޓެރިފް ކުޑަކުރުން ހިމެނޭ ގޮތުން ވިޔަފާރީގެ ގިނަ ހުރަސްތައް ނައްތާލާ އެއްބަސްވުމެކެވެ. ޔޫއޭއީ އިން ވަނީ އިންޑިއާ، މެލޭޝިއާ، އޮސްޓްރޭލިއާ، ޗިލީގެ އިތުރުން ސާބިއާ އާއިއެކު މިއެއްބަސްވުން ގާއިމްކޮށްފައެވެ.
ދިވެހިރާއްޖެ އާއި ޔޫއޭއީ އާއި ދެމެދު "ސީޕާ" އެއްބަސްވުމެއް ގާއިމް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ