ވޭތުވެދިޔަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި 2،700 އަށްވުރެ ގިނަ ސްކޭމް މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށާއި، މި މައްސަލަތަކުގައި ޖުމްލަ 33 މިލިއަން ރުފިޔާގެ މާލީ ގެއްލުން ލިބިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފިއެވެ.
އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ ސްކޭމްގެ މައްސަލަތައް އިތުރުވަމުންދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ކަމަށެވެ. "2025 އިން 2026 އަށް އަޅުގަނޑުމެންނަށް 2،700 ސްކޭމް މައްސަލަ ރިޕޯޓްކޮށްފައިވޭ. މި މައްސަލަތަކުގައި ލިބުނު މާލީ ގެއްލުން މިހާރު ވަނީ 33 މިލިއަން ރުފިޔާއަށް އަރާފައި،" ނަވީދު ވިދާޅުވިއެވެ.
ސްކޭމްތަކުގެ ބޮޑު ބައެއް ހިންގަނީ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދިވެހިންނަށް އަމާޒުކޮށް ހިންގާ ސްކޭމްތަކުގެ 90 އިންސައްތައަކީ ރާއްޖޭގެ އެތެރެއިން ހިންގާ ކަންކަމެވެ. މީގެ ތެރެއިން 95 އިންސައްތަ މައްސަލައަކީ ސޯޝަލް މީޑިއާގެ އެކި މަންސަތަކާ ގުޅުންހުރި މައްސަލަތަކަށްވާއިރު، އެންމެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާފައިވާ ސްކޭމްތަކެވެ.
ނަވީދު ފާހަގަކުރެއްވި ގޮތުގައި ސްކޭމަރުން މިހާރު ދަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑީޕްފޭކް ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން މީހުންނަށް އޮޅުވާލަމުންނެވެ. އެހެންކަމުން، އޮންލައިންކޮށް މުއާމަލާތްކުރާއިރު ސަމާލުވުމަށާއި، ޝައްކުކުރެވޭ އެކައުންޓްތައް ވެރިފައި ކުރުމަށް ރިވާސް އިމޭޖް ސާޗް ފަދަ ވަސީލަތްތައް ބޭނުންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ހައުސިންގް ސްކީމްތަކާއި ވޯލްޑް ކަޕާ ގުޅުވައިގެން ހިންގާ ސްކޭމްތައް
ސޯޝަލް މީޑިއާއިން ލިބޭ ކޮންމެ ފްރެންޑް ރިކުއެސްޓަކީ ހަގީގީ އެކައުންޓެއް ކަމަށް ގަބޫލުނުކުރުމަށާއި، އާދަޔާ ހިލާފު ބޮޑެތި ފައިދާތައް ލިބޭނެ ކަމަށް ބުނެ ކުރާ އިޝްތިހާރުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އާންމުންނަށް އިރުޝާދު ދީފައެވެ. މި މައްސަލަތަކާ ގުޅޭ އިތުރު ތަހުގީގުތައް ފުލުހުން ދަނީ ކުރަމުންނެވެ.
2،700 އަށްވުރެ ގިނަ ސްކޭމް މައްސަލަ، 33 މިލިޔަން ރުފިޔާގެ ގެއްލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ