މާލެއާއި ހުޅުމާލެއިން ކަރަންޓް ކެނޑުނު ސަރަހައްދު ތަކަށް ކަރަންޓް ދޭން ފަށައިފިއެވެ.
މިއަދު މެންދުރުން ފެށިގެން މާލެއާއި ހުޅުމާލޭގެ ބަްެއް ސަރަހައްދުތަކުން ކަރަންޓްގެ ޚޮދުމަތް މެދުކެނޑުނެވެ.
އެކަމާއި ގުޅިގެން، ސްޓެލްކޯއިން ބުނީ، ހުޅުމާލޭގެ ބައު އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފް ވެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ކަމަށެވެ.
ނަމަވެސް ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް މިހާރު އަލުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އަދި ކަރަންޓް ކެނޑުމުން ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.
މާލެއާއި ހުޅުމާލެއިން ކަރަންޓް ކެނޑުނު ސަރަހައްދު ތަކަށް ކަރަންޓް ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ