ޓެކްސް ބަޔާން ހުށަނާޅާ 130 އަށް ވުރެ ގިނަ ވިޔަފާރި އާންމުކޮށްފި

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރުމުގެ އުސޫލުގެ ދަށުން ޓެކްސް ބަޔާން ހުށަނާޅާ 135 ވިޔަފާރިއެއްގެ ނަން ޓެކްސް އިދާރާ، މީރާ އިން އާންމުކޮށްފި އެވެ.
ވީ ކިހިނެއް؟ - މީގެ ކުރިން މި މަހުގެ8 ގައި މީރާ އިން ވަނީ ޓެކްސް މި އަހަރުގެ މެއި މަހާއި ހަމައަށް ޖީއެސްޓީ އަދި ގްރީން ޓެކުސް ބަޔާން ހުށަނާޅާ152 ވިޔަފާރިއެއް އާންމު ކޮށްފަ އެވެ. 
ތަފްސީލް - މީރާ އިން މިއަދު ބުނީ، އޭގެ ފަހުން17 ވިޔަފާރިއަލުން ބަޔާން ހުށަހަޅާފައިވާތީ މިހާރު މި އަދަދު135 އަށް މަދުވެފައިވާ ކަމަށެވެ.
މީރާ އިން ބުނީ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ވިޔަފާރިތަކުގެ ނަން ހާމަ ކުރުމުގެ ކުރިން އެ ވިޔަފާރިތަކަށް ގުޅާ، ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނީ ގޮތުން އަޅާން ކަނޑައެޅިފައިވާ އަދަބުތައް ކިޔައިދޭ ކަމަށެވެ. އަދި އެސްއެމްއެސްގެ ޒަރިއްޔާ އިން ވެސް އެކަން އަންގާ ކަމަށް މީރާ އިން ބުންޏެެވެ.
މީރާ އިން ބުނީ:
ދައުލަތަށް ދައްކަންޖެހޭ ޓެކްސް އަދި އެހެން ފައިސާ ނުދައްކާނަމަ މީރާގެ އެންފޯސްމެންޓު ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތައް ތަފާތެއް ކުރުމެއްނެތި އަޅާނެ
ޓެކްސް ބަޔާން ހުށަނާޅާ ވިޔަފާރިތަކުން ބަޔާން ހުށަހަޅާ ޓެކްސް ނުދައްކާ ވިޔަފާރިތަކުން ޓެކްސް ދައްކަން އިލްތިމާސް ކުރާ ކަމަށް
ފާހަގަ ކުރެވޭ ޖީއެސްޓީ އަދިި ގްރީން ޓެކްސް ބަޔާން ހުށަނާޅާ ވިޔަފާރިތަކުގެ ތެރޭގައި މަޝްހޫރު ވިޔަފާރިތައް ހިމެނެ އެވެ. އޭގެ ތެރޭގައި:
ހަނީ ކޯނާ
މެކް ރޫސްޓާ
ބީޗް ކްލަބް މޯލްޑިވްސް
ބްރައިން އިންވެސްޓުމެންޓު
ފްރީ ގައިސް ހޯލްޑިންގްސް
ހަބް ކޮމްޕެނީ
އިނަ މޯލްޑިވްސް
ކިންގްސްޓަން ހޯލްޑިންގްސް
ޖަޒީރާ ޕްރައިވެޓް ލިމިޓެޑް
މަޝްއަރު ޕްރައިވެޓް ލިމިޓެޑް
ނޮވެލް ފުޑް އެންޑް ބެވަރޭޖު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ