އައްޑު އަތޮޅު ހިތަދޫގައި ދެމަފިރިއަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ވީކިހިނެއް؟ - އެ ދެމަފިރިން މަރުވެފައި އޮއްވާ ފެނުނީ ހިތަދޫގެ އަލަށް ހަދަމުން ދިޔަ ގެއެއްގެ ތެރެއިންނެވެ.
ތަފްސީލް - މައުލޫމާތު ލިބޭ ގޮތުގައި އަދި މުޅިން ނުނިމުނު ނަމަވެސް އަލަށް ހަދަމުން ދިޔަ ގެއަށް ދެމަފިރިން ބަދަލުވެގެން ދިރިއުޅޭތާ މަސްތަކެއް ވަނީ ވެފަ އެވެ.
ނަމަވެސް ތަނަށް ކަރަންޓުގެ ހިދުމަތް ނުދެވޭތީ، އަމިއްލަ ޖެނެރޭޓަރެއް ބަހައްޓައިގެން އުޅެމުން ދިޔަ ކަމަށް ވެސް އެނގިފައިވެ އެވެ.
"އާއިލާއަށް ވެސް ދެމަފިރިންގެ ހަބަރެއް ނުވެގެން ގޮސް ބެލިއިރު ނިޔާވެފައި އޮއްވާ މަންޒަރު ފެނުނީ،" ހިތަދޫ މީހަކު ކިޔައިދިނެވެ.
ފުލުހުންގެ ބަސް - ހިތަދޫ ގެއެއްގެ ތެރެއިން އަންހެނަކާއި ފިރިހެނެއް މަރުވެފައި އޮއްވާ ފެނުނުކަން ފުލުހުން ވެސް ކަށަވަރުކޮށްދެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ އެ ތަނަށް ރިޕޯޓްކުރުމާ އެކު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އައްޑޫ ހިތަދޫ ގެއެއް ތެރޭގައި ދެމަފިރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ