ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ ލިވަޕޫލް އާއި ޗެލްސީ ކުޅުނު މެޗްތައް އެޓީމްތަކުން ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.
ޗެމްޕިއަންސް ރޭ ޖަރުމަނުވިލާތުގެ އެންޓްރެކްޓް ފްރެންކްފާޓާ ދެކޮޅަށް ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ. މެޗްގައި އެންމެ ފުރަތަމަ ލީޑް ނަގާފައިވަނީ ފްރެންކްފަރޓުންނެވެ. އެއީ 26 ވަނަ މިނެޓް ތެރޭގައި ގޮޓްޒޭ ދިން ޕާހަކުން ކްރިސްޓެންސެން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ފްރެންކްފާޓުން ލީޑް ނަގާފައިވަނިކޮށް ލިވަޕޫލަށް އެއްވަރުކޮށްދިނީ 35 ވަނަ މިނެޓް ތެރޭގައި އެކިތީކޭއެވެ. އޭގެ ތިން މިނެޓް ފަހުން ލިވަޕޫލަށް ލީޑް ނަގައިދިނީ ވެން ޑައިކެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ އިތުރު ލަނޑެއްޖައި ލީޑް އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ 44 ވަނަ މިނެޓް ތެރޭގައި ކޮންޓޭއެވެ.
ދެވަނަ ހާފްގައި ލިވަޕޫލަށް ލަނޑުތައް ކާމިޔާބުކޮށްދިނީ 66 ވަނަ މިނެޓް ތެރޭގައި ގަކްޕޯ އާއި 70 ވަނަ މިނެޓް ތެރޭގައި ސޮބޯޒްލާއީއެވެ. މިމެޗްގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ލިވަޕޫލްއެވެ. އެޓީމުންވަނީ ފްރެންކްފާޓްގެ ގޯލަށް އަމާޒުކޮށް 14 ހަމަލާއެއް ފޮނުވާލާފައެވެ.
ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ ޗެލްސީ އާއި ހޮލެންޑްގެ އަޔެކްސް އެމްސްޓަޑަމް ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗްގައި އެޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ މާކް ޖިއު، ކައިސޭޑޯ، އެންޒޯ ފެނާންޑޯ، އެސްޓެވާއޯ އަދި ތައިރިގ ގޯޖް އެވެ. އަޔެކްސްއަށް ސުންކަނޑުވާލަދިނީ ވޭގްހޯސްޓް އެވެ.
ޔުއެފާ ޗެމްޕިއަންސްލީގް: ލިވަޕޫލް އާއި ޗެލްސީއަށް ފަސޭހަމޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ