ޢަދާވާތްތެރިންގެ އަނިޔާއާ ދޭން މަސައްކަތްކުރާ ދެރަތަކުން ސަލާމަތްކަމަށްއެދި ކުރަން އޮތް ދުޢާ-

ތިބެނީ ހިނިތުންވެގެންނެވެ. ބުނަނީ ހެޔޮބަސްތަކެވެ. އެކަމަކު ގިނަ ބައެއްގެ ހިތުގައި ރޯވެ އަނދަނީ ޙަސަދަވެރިކަމުގެ ހުޅުގަނޑެވެ. އެހުޅުގަނޑު ބޭރަށް ނުފެންނަނީއެވެ. ނުފެނުނަސް މިއީ ކަންކަްނ ހިނގަމުން އަންނަ ގޮތްކަމަށް ޤަބޫލުނުކޮށް މިއަދު ސަލާމަތްވެވޭކަށް ނެތެވެ.  
އަބަދުވެސް ބުނާ ފަދައިން މިޒަމާނުގައި ޢަދާވާތްތެރިން ގިނަވެ އެއީ ކޮންބައަކުކަން ނުވަތަ ކާކުކަން ވަކިކޮށް ދެނެގަންނަން ނުއެނގޭ ޙާލަތަށް ކަންކަން މިވަނީ ގޮސްފައެވެ. އެންމެ ބޮޑު އެއް މައްސަލައަކީ އަމިއްލަ ޢާއިލާ އާއި އެންމެ ގާތް އެކުވެރިންގެ ތެރޭގައިވެސް ޢަދާވާތްތެރިން ތިބޭކަމެވެ.  
ތިބާއާއި އެއްވެސް މީހަކު ޢަދާވާތްތެރިވެއްޖެކަމަށް ނުވަތަ ގެއްލުމެއް ދީފާނެ ކަމަށް ޝައްކުކުރެވޭނަމަ މިދުޢާކުރާށެވެ!  
اَللّٰهُمَّ إنَّا نَجْعَلُكَ فِيْ نُحُوْرِهِمْ وَنَعُوذُ بِكَ مِنْ شُرُورِهِمْ 
O Allah, we make Thee our shield against them, and take refuge in Thee from their evils. 
This dua was narrated by Abu Musa al-Ash’ari and was said when the Prophet (ﷺ) feared a (group of) people, he would recite this dua. 
This is a Sahih hadith (Al-Albani) from Sunan Abu Dawud Reference: Book 8, Hadith 122  
ދުޢާގައި އެކުލެވިގެންވާ މާނައީ: ޢަދާވާތްތެރިންގެ ކިބައިން މިއަޅާ ސަލާމަތްކުރައްވަވައި ދެއްވަވާނެ އައްޑަނައަކީ (ފަރާތަކީ) އިނބަ ﷲ އެވެ. އެމީހުންގެ ނުބައިކަމުން ރައްކައުތެރިކަމަށް އެދެނީ އިނބަ ﷲ ގެ ޙަޟްރަތުންނެވެ. (އެމީހުންގެ ނުބައިކަމުން އިނބަ ﷲ ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެމުއެވެ.)  
ﷲ ތަޢާލާ ފިޔަވައި އަހުރެމެންނަށް ރައްކައުތެރިކަން ދެއްވެވޭނެ ފަރާތެއް ނުވެއެވެ. މިފަދަ ދުޢާތައް ކުރަންވާނީ ތިމާގެ ޢަމަލުތައް ސީދާގޮތުގައި ބަހައްޓައިގެން ހުރެއެވެ. މިޘާލަކަށް ޤުރްއާނަކީ ތިމާއަށްޓަކައި އައްޑަނައަކަށްވުމަށް އެދޭނަމަ ޤުރްއާން ކިޔަވައި ޢަމަލުކުރަން ޖެހޭފަދައިން ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެންވާނީވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުންނެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ