ސިފައިންގެ އެއާ ކޯގެ ފުރަތަމަ ސްޓޭޝަން ގާއިމުކޮށް ހިދުމަތް ފަށައިފި

އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، މިއަދު ހިދުމަތް ފަށައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓުމަށްޓަކައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އަސްކަރިއްޔާގެ އެއާ ކޯ އިފްތިތާހުކުރީ މިދިޔަ އަހަރުގެ 15 މާޗުގަ އެވެ. އެއާ އެކު، ރާއްޖެއަށް އަލަށް ގެނެސްފައިވާ ޑްރޯންތައް ވެސް ރަސްމީކޮށް ބޭނުން ކުރަން ފަށާފައިވެ އެވެ.
ތަފްސީލް - މި ސްޓޭޝަން ގާއިމުކޮށް ހިދުމަތް ފެށުމަށް ނިިންމަވާފައިވަނީ ރައީސް މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުންނެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ދިވެހިންގެ ދީނާއި މިނިވަންކަމާއި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކާ އަދި ދެމެހެއްޓެނިވި ގޮތެއްގައި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާ އާއި ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް އެ ސްޓޭޝަނުގެ ހިދުމަތް ފެށުމަށް މި ގާރާރުގައި ސިފައިންނަށް އަންގަވާފައިވެ އެވެ.
އެގޮތުން މި ސްޓޭޝަނުން:
ރާއްޖޭގެ ވައިގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދު ބަލަހައްޓާނެ 
ރާއްޖޭގެ ސަރަހައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގާނެ 
ރެ އާއި ދުވާލު 24 ގަޑިއިރު ހުއްޓުމެއްނެތި ރާއްޖޭގެ ވައިގެ ސަރަހައްދު ދިފާއުކޮށް ބަލަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ