ބ އަތޮޅުން ފެށިގެން، ލ އަތޮޅަށް މޫސުން ގޯސްވާނެ: މެޓް

ބ އަތޮޅުން ފެށިގެން ލ އަތޮޅަށް މޫސުން ގޯސްވާނޭކަމަށް ލަފާކޮށް މޯސުމާ ބެހޭ ޤައުމީ އިދާރާއިން އެ ސަރަހައްދަށް ހުދު ސަމާލް ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން އެ ސަރަހައްދަށް ހުދުސަމާލް ނެރެފައިވަނީ މިއަދު11:00 ހާއިރަށެވެ. މެޓުން ނެރެފައިވާ ހުދު ސަމާލުގެ ނޯޓިހުގައި ބުނެފައިވަނީ ހުދު ސަމާލް ނެރެފައިވާ ވަގުތުތަކުގައި އެހިސާބަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރައި އަދި ވިލާގަނޑުގައި ވައިގަދަވާނޭކަމަށެވެ. އެގޮތުން ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިޖެހޭނޭކަަށް މެޓުން ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވެ އިއްޔެވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުމީ އިންޒާރު ނެރުނެވެ.
ރާއްޖެއަށް އިރުވައި މޫސުން ފެށުނު ނަމަވެސް މޫސުން ދައްކަނީ ވަރަށް ގޯސްކޮށެވެ. ރާއްޖޭގައި އޮންނަނީ ދެ މޫސުމެވެ. ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗް މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުމަކީ މޭމަހުން ފެށިގެން ގާތްގަނޑަކަށް ނޮވެންބަރު މަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ