އެމެރިކާއިން އިރާގަށް އައި އިރާގުވެރި ރައީސް ސައްދާމު ހުސައިންގެ ވެރިކަން ވައްޓާލިހެން އީރާނަށް އަރައި ކަންތައް ނުކުރާނެ ކަމަށާއި އީރާނަށް އައި އީރާންގައި އެމެރިކާ ސިފައިން ބޭތިއްބުން އެއީ ކުރާނެ ކަމެއް ނޫންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
އެމެރިކާ އާއި އީރާނާއި ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމު ކުރެވިދާނެ ކަމުގެ އުއްމީދު އަނެއްކާވެސް އާވެފައި ވަނިކޮށް ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ އެމެރިކާގެ ސިފައިން އިރާގުގައި ވެސް އަދި އީރާނުގައި ވެސް ތިބެގެން ނުވާނެ ކަމަށެވެ. "އިރާގަށް ވީގޮތަށް ބަލާބަލަ. އަހަރެމެން ކަންތައް ކުރީ ވަރަށް ގޯސްކޮށް. އެއީ ވަރަށް މޮޔަ ކަމެއް. އަސްލު އަހަރެމެން އެތަނުގައި ތިބެގެންވެސް ނުވާނެ،" ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ އިންޓަވިއުގައި އަނެއްކާވެސް ވަނީ އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ނުލިބޭނެކަން ކަށަވަރު ކުރާނެ ކަމަށް ބުނެފައެވެ. "މީގެ ނުވަ މަސް ކުރިން ބީ-2 ބޮމްބަރުން އަހަރެމެން އެމީހުންނަށް ހަމަލާ ނުދިން ނަމަ، މިހާރު އެމީހުންގެ އަތުގައި ނިއުކްލިއާ ހަތިޔާރު ހުންނާނެ. އޭރުން މުޅި މަންޒަރު އޮންނާނީ މާ ތަފާތުކޮށް. އޭރުން އިޒްރޭލެއް ނޯންނާނެ ކަމަށް ބެލެވޭ، އަދި މުޅި މެދުއިރުމަތިވެސް ނޯންނާނެ ކަމަށް ބެލެވޭ. ދެން އެމީހުން އެތަނުން ދާނީ ކޮންތާކަށް؟"
މީގެ އިތުރުން، އެމެރިކާއިން ގަސްދުގައި އީރާނުގެ އަސްކަރިއްޔާއަށް ގެއްލުން ނުދީ ދޫކޮށްލާފައިވާ ކަމަށްވެސް ޓްރަމްޕް ދައުވާ ކުރިއެވެ. "އެމީހުންގެ އަސްކަރިއްޔާ، އަހަރެމެން ކޮންމެވެސް ވަރަކަށް ދޫކޮށްލީ. އެއީ އެމީހުންގެ އަސްކަރިއްޔާއަކީ ކޮންމެވެސް ވަރަކަށް މެދުމިންގަނޑެއްގެ ބައެއް ކަމަށް އަހަރެމެން ގަބޫލުކުރާތީ. އެމީހުންގެ ތެރޭގައި އެ ނޫން ހަރުކަށި މީހުން އެބަތިބި. އަހަރެމެން އެމީހުން ނައްތާލައިފިން. ލީޑަޝިޕްގެ އެކި ފަންތީގެ މީހުން ނައްތާލައިފިން. އެކަމަކު އަސްކަރިއްޔާއަށް އަހަރެމެން ހަމަލާއެއް ނުދެން،" އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް ބުނީ އެމެރިކާއިން "ވަރަށް ރަނގަޅު އެއްބަސްވުމެއް" ގާއިމުކުރާނެ ކަމަށާއި، އެހެން ނޫންނަމަ "އަސްކަރީ ގޮތުން އެކަން ނިންމާލާނެ" ކަމަށެވެ. އޭނާ ބޭނުންވަނީ އެއްބަސްވުމަކަށް އައުމަށް ކަމަށާއި، އޭގެ ސަބަބުން "ގިނަ ފުރާނަތަކެއް ސަލާމަތްވާނެ" ކަމަށާއި، "އެއްބަސްވުމުގައި ސޮއިކުރުމާއެކު ހޯރްމުޒް ކަނޑުއޮޅި ވަގުތުން ހުޅުވާލެވޭނެ" ކަމަށްވެސް ޓްރަމްޕް ބުންޏެވެ.
އިރާގު ހިފިހެން އީރާނެއް ނުހިފާނަން - ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ