ގެމަނަފުށީގައި 2 ބިދޭސީން މާރާމާރީ ހިންގައިފި؛ އެކަކު ހައްޔަރަށް

ގއ. ގެމަނަފުށީގައި ދެ ބިދޭސީއެއްގެ މެދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ރޭ މާރާމާރީއެއް ހިންގައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ އެ މާރާމާރީގެ ރިޕޯޓް ލިބުނީ ރޭ11 ހާއިރު ކަމަށެވެ.
ތަފްސީލް - ފުލުހުން ބުނީ:
މި ހާދިސާގައި އަނިޔާވި މީހާއަށް ގެމަނަފުށި ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިިނގިލި ހޮސްޕިޓަލަށް ގެންގޮސްފައިވޭ 
މި ހާދިސާ ހިނގި ސަރަހައްދުން ބިދޭސީ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ
ފުލުހުން ގެންދަނީ މި މައްސަލަ ތަހްގީގުކުރަމުންނެވެ.
ގުޅުންހުރި - އިއްޔެ އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ