އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުގެ މައްސަލައިގައި ހައްޔަރު ކުރި މުއާޒު އަލީގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރީ ބޮޑު ދެ ވިޔަފާރިވެެރިން ކަމަށްވާ އަހުމަދު އާރިފާއި މުހައްމަދު ވަހީދު އާއި ކަސްޓަމްސްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް އާއި މުއާޒު އެވެ. މުއާޒަކީ ވެސް ކަސްޓަމްސްގެ ކުރީގެ އޮފިސަރެކެވެ.
އެ މީހުން ހައްޔަރު ކުރުމަށް ފަހު ކޯޓަށް ގެންދިޔުމުން އާރިފް އާއި ޒިވާރުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދިނެވެ. މުހައްމަދު ވަހީދުގެ ބަންދަށް ދިނީ 10 ދުވަހެވެ. މުއާޒް ބަންދުގައި ބަހައްޓަން އަމުރު ކުރީ ފަސް ދުވަހުގެ މުއްދަތަކަށެވެ.
މުއާޒުގެ ބަންދުގެ މުއްދަތު އިތުރުކުރީ މިއަދު އެވެ. މުއާޒު އަލީއަކީ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓުމެންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި މީހެކެވެ. މިފްކޯއިން ވަނީ އޭނާ ސަސްޕެންޑް ކޮށްފަ އެވެ. އެ މަގާމުން އޭނާ ސަސްޕެންޑު ކުރީ 30 ދުވަހުގެ މުއްދަތަކަށެވެ.
މިފްކޯއިން ބުނީ ވަގު ސިނގިރޭޓުގެ މައްސަލައާ އެ ކުންފުންޏާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެހެންނަމަވެސް ކުންފުނީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާ ގުޅުންހުރި މައްސަލަތަކަކީ އެ ކުންފުނިން ވަަރަށް ސީރިއަސްކޮށް ނަގާ މައްސަލަތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ވަގު ސިނގިރޭޓު މައްސަލައިގައި މުއާޒު ހައްޔަރުކުރިއިރު، ކަސްޓަމްސްއިން ބަލަމުން ދިޔަ މައްސަލައެއް ނިންމުމުގެ މުގާބިލުގައި ރިޝްވަތު ދޭން އެދުނު މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.
ސިނގިރޭޓު ކޮންޓޭނަރުތައް ވަގަށް ނެގި މައްސަލަ: މުއާޒުގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި ސިނގިރޭޓު ކޮންޓޭނަރުތައް ވަގަށް ނެގި މައްސަލަ: މުއާޒުގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ