ނޭޕާލްގައި ސޯޝަލް މީޑިއާ ބޭން ކުރާތީ އެގައުމުގެ ޒުވާނުން އިސްނަގައިގެން ކުރަމުން ގެންދާ މުޒާހަރާގައި އެކަކު މަރުވެއްޖެ އެވެ.
ނޭޕާލްގެ ގާނޫނު ހަދާ މަޖިލީހުގެ ކުރިމަތީގައި ކުރާ މުޒާހަރާގައި އެގައުމުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ބައިވެރި ވަމުންނެވެ. ނޭޕާލްގެ ގައުމީ ޓީވީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މުޒާހަރާގަ މިހާތަނަށް އެކަކު މަރުވެ 50 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަނިޔާ ލިބުނު މީހުންނަށް މިހާރު ހޮސްޕިޓަލުގަ ގެންދަނީ ފަރުވާ ދެމުންނެވެ.
އާންމުން ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި, ނޭޕާލްގެ ގާނޫނު ހަދާ މަޖިލީހަށް ވަނުމަށް މަސައްކަތްކުރުމާ ގުޅިގެން, އެގައުމުގެ ސަރުކާރުން ވަނީ ކާފިއު އިއުލާނުކޮށްފަ އެވެ. ނޭޕާލްގެ ގާނޫނު ހަދާ މަޖިލީހުގެ ތަރުޖަމާނު އެކްރަމް ގިރީ އާއި ހަވާލާދީ ރޮއިޓާސް ގައި ރިޕޯޓު ކޮށްފައިވާ ގޮތުން މި ކާފިއު މިރޭގެ 22:00 އާ ހަމައަށް ދެމި އޮންނާނެ އެވެ.
ނޭޕާލްގަ އެގައުުމުގެ ޒުވާނުން އިސްނަގައިގެން މުޒާހަރާ ކުރަން ފަށާފައި މިވަނީ, އެ ގައުމުގެ ސަރުކާރުން ސޯޝަލް މީޑިއާގެ ބައެއް ހިދުމަތްތައް ބޭން ކުރުމަށް ނިންމުމުންނެވެ. ނޭޕާލުގެ އިންފޮމޭޝަން ޓެކްނޮލޮޖީގެ މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން އެގައުމުގައި ދެން ބޭނުން ކުރެވޭނީ ހަމަ އެކަނި އެގައުމުގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ މުވާސަލާތީ ހިދުމަތްތަކަށް އެކަންޏެވެ.
ރޮއިޓާސްގަ ރިޕޯޓުކޮށްފައިވާ ގޮތުން މިހާތަނަށް އެގައުމުގެ އިންފޮމޭޝަން ޓެކްނޮލޮޖީގައި ރަޖިސްޓްރީ ކޮށްފައިވާ ސޯޝަލް މީޑިއާ ހިިދުމަތްތަކުގެ ތެރޭގަ ޓިކްޓޮކް، ވައިބާ، ވީޓޯކް، ނިމްބަޒް އަދި ޕޮޕޯ ލައިވް ހިމެނެ އެވެ. ނަމަވެސް ފޭސްބުކް, އިންސްޓަގްރާމް ފަދަ އެހެން ހިދުމަތްތަކުން ރަޖިސްޓްރީ ވެފައެއް ނުވެ އެވެ.
ނޭޕާލްގެ މުވާސަލާތާއި އައިޓީ ވަޒީރާ ހަވާލާދީ ރޮއިޓާސްގަ ރިޕޯޓުކޮށްފަވާ ގޮތުން ހުރިހާ ފަރާތަކަ ށްވެސް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ދެވިފަ އެވެ.
"އަޅުގަނޑުމެން އެފަރާތްތަކަށް ރަޖިސްޓްރީ ކުރުމަށް އެކަށީގެންވާ ވަގުތު ދީ، އަޅުގަނޑުމެންގެ އެދުމާ އެއްގޮތަށް އަމަލުކުރުމަށް ތަކުރާރުކޮށް އެދުނިން،" މުވާސަލާތާއި އައިޓީ ވަޒީރު ޕްރިތްވި ސުއްބާ ގުރުންގް ބުންޏެވެ.
ނޭޕާލް ސަރުކާރުގެ މި ނިންމުމާ ގުޅިގެން އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އިތުރުން, ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައި, މިއީ އެގައުމުގެ ސަރުކާރުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ހިންގާ ޖަރީމާ އެކެވެ.
ސޯޝަލް މީޑިއާ ބޭން ކުރާތީ ނޭޕާލްގައި ކުރިއަށްދާ މުޒާހަރާގައި އެކަކު މަރުވެއްޖެ ސޯޝަލް މީޑިއާ ބޭން ކުރާތީ ނޭޕާލްގައި ކުރިއަށްދާ މުޒާހަރާގައި އެކަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ