ސޯސަން
ފިހާރައަކީ ދިވެހިންނަށް އާ ނަމެއް ނޫނެވެ. އެއީ ރީޓެއިލް އާއި ހޯލްސޭލް
ވިޔަފާރީގައި އެންމެ އިތުބާރު ހިފޭ ދިވެހި ކުންފުނިތަކުގެ ތެރޭގައި ގުނާލެވޭ
ކުންފުންޏެކެވެ.
މީގެ
އަހަރުތަކެއް ކުރިން 'ސޯސަން' ނަމުގެ ދަށުން ގިނަ އަދަދެއްގެ ފިހާރަތަކެއް މާލެއިން
ފެންނަން ހުއްޓެވެ. ނަމަވެސް އެ ފިހާރަތަކުގެ އަދަދު މަދުކުރީ ހޯލްސޭލް
ވިޔަފާރިއަށް ވަނުމަށްޓަކައި ރީޓެއިލް ވިޔަފާރިއާ މަޑުމަޑުން ދުރަށް ޖެހިލި
ހިސާބުންނެވެ.
ސޯސަން
ފިހާރައިން މިހާރު އަމާޒު ހިފާފައިވަނީ އެ ކުންފުނީގެ ވިޔަފާރީގައި އަނެއްކާ ވެސް
އާ މިސްރާބަކަށެވެ. ހޯލްސޭލް ވިޔަފާރި އިތުރަށް ވަރުގަދަކޮށް، އެ ކުންފުނީގެ
އަމާޒަކީ މި އަންނަ އަހަރު ހޮޓެލް، ކެފޭ އަދި ރެސްޓޯރެންޓުތަކާއި ރިސޯޓު މާކެޓަށް ވިޔަފާރި
ފުޅާކުރުމެވެ.
ސޯސަން
ފިހާރައިން މިހާރު ވެސް ރާއްޖެ އެތެރެކޮށް ވިއްކާ ބްރޭންޑްތަކަކީ ރިސޯޓު މާކެޓަށް
ފެތޭ، ދުނިޔޭގެ ފެންވަރުގެ ބްރޭންޑްތަކެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއް
ބްރޭންޑްތަކަކީ:
ރެމިއާ
ޕިލްސްބަރީ
ޕަސްކުއަލް
ބްރޫގަމަން ޔީސްޓް
އޮންޑޮލީވާ
ޑެލީ ސަން
ރިއަލް ތައި
ޝާން
ސޯސަން
ފިހާރައަކީ 1980ގެ ތެރޭގައި ރީޓެއިލް ވިޔަފާރިއަށް އަމާޒުކޮށް ފެށި
ވިޔަފާރިއެކެވެ. މަޖީދީމަގުގައި ހުޅުވި ކުޑަ ފިހާރައަކުން އެ ކުންފުނީގެ ވިޔަފާރި
ފުޅާކޮށް، ސުޕަމާކެޓް މޮޑެލްއަކަށް ބަދަލުކޮށް އިތުރު ފިހާރަތައް ވެސް ފަހުން
ހުޅުވި އެވެ.
އޭގެ
ފަހުން 90ގެ ތެރޭގައި ބާޒާރުގައި ފިހާރައެއް ހުޅުވައި، ސޯސަން ފިހާރައިން މުދާ ހޯލްސޭލް
ކުރަން ފެށި އެވެ.
މިހާރު
އެ ކުންފުނީގެ ވިޔަފާރީގެ މައިގަނޑު ބަޔަކީ ވެސް ހޯލްސޭލް އެވެ. އެގޮތުން މިހާރު
އެ ކުންފުނިން ހިންގަނީ ހޯލްސޭލް ދެ ފިހާރަ އާއި ރީޓެއިލް އެއް ފިހާރަ މާލޭގައި ހިންގަ އެވެ. އަދި ހުޅުމާލޭގައި ވެސް ސޯސަންގެ ފިހާރައެއް ހުރެ އެވެ.
ސޯސަން ފިހާރައިގެ އާ ބާބެއް: އިތުބާރާ އެކު ރިސޯޓު މާކެޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ