މަޖިލީހަށް ގެންދޭ އިގުތިސާދު ހިންގި ގޮތް ކިޔައި ދޭނަން

ކުރީގެ ސަރުކާރުގައި އިގުތިސާދީ ސިޔާސަތު ހިންގި ގޮތް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ދިނުމުން ވަރަށް ރަނގަޅަށް ސާފުކޮށް ދެއްވައިފާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ޕީއެންސީ އަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން، ދަރަންޏާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ރައްދުގައި އަމީރު މިއަދު ވިދާޅުވީ މި ސަރުކާރުން "ކުރީ ސަރުކާރު، ކުރީ ސަރުކާރު" ކިޔަމުން އަންނަތާ މިހާރު ދެ އަހަރުވެއްޖެ ކަމަށެވެ.
"ކުރީ ސަރުކާރު، ކުރީ ސަރުކާރު ކިޔާތާ މިހާރު ދެ އަހަރުވެއްޖެ. އެއްވެސް ހާސްކަމެއް ނެތޭ. ހުސް ފެހި ސިގްނަލޭ ކިޔާ އައި މީހުން، އެއްކޮށް ގަބުވެ ދެން ކުރިޔަށް ދާނެ ގޮތެއް ނޭގިފައި،" އޭނަ ވިދާޅުވި އެވެ. " ހައްލު ކުރެވުނު ކަމެއް ނެތް، ހޯދުނު ކުރިއެރުމެއް ނެތް. ހުރިހާ ކަމެއް ގޯހުން ގޯހަށް."
އޭނަ ވިދާޅުވީ މިދިޔަ ސަރުކާރުގައި ކުރިމަތިލާން ޖެހުނު ދަތިތަކާއެކު ވެސް، މާލީ އަދި އިޤްތިސާދީ ސިޔާސަތު ގެންގޮސްފައި ވާނީ ޖުމްލަކޮށް ރަނގަޅަށް ކަމަށެވެ. އަދި 2020 ގައި ކޮވިޑްގެ ދަތިތަކާއެކު 33 ޕަސެންޓް ދަށަށް ދިޔަ އިޤްތިސާދު، 2021 ގައި 38 ކުރިއަރައި 2022 ގެ ކުރީކޮޅު އޮތީ ކޮވިޑް އައި އިރު އޮތް އިޤްތިސާދަށް ވުރެ ބޮޑު އިޤްތިސާދަކަށް ބަދަލުކޮށްފައި ކަމަށް ވިދާޅުވި އެވެ.
"ކޮވިޑްގެ ވަބާއިން އަރައިގަނެ، އަމއްލަ ފަރުދުންނާއި ވިޔަފާރިތައް ސަލާމަތްވީ އޭރު އެޅުނު މާލީ، އިޤްތިސާދީ އަދި އިޖްތިމާއީ ފިޔަވަޅުތަކުގެ ސަބަބުން،" އަމީރު ވިދާޅުވި އެވެ. "އޭގެ ފަހުން އައި ޔުކްރެއިން-ރަޝިޔާ ހަނގުރާމައިގެ ސަބަބުން ދިމާވި ދަތިތައް ވެސް ވާނި ރައްޔިތުންނާއި ވިޔަފާރިތަކަށް އަސަރު ނުކުރާނެ ގޮތަށް މެނޭޖްކުރެވިފައި. މި ދަތިތަކާއެކު ވެސް ރާއްޖޭގެ ތާރީޚުގައި ސަރުކާރަކުން ނުކުރާ މަސައްކަތްތައް ރަށްރަށުގައި އޮންނާނީ ހިންގާފައި."
ކުރީ ސަރުކާރު، ކުރީ ސަރުކާރު ކިޔާތާ މިހާރު 2 އަހަރު ވެއްޖެ. އެއްވެސް ހާސްކަމެއް ނެތޭ، ހުސް ފެހި ސިގްނަލޭ ކިޔާ އައި މީހުން، އެއްކޮށް ގަބުވެ ދެން ކުރިޔަށް ދާނެ ގޮތެއް ނޭގިފަ. ހައްލު ކުރެވުނު ކަމެއް ނެތް، ހޯދުނު ކުރިއެރުމެއް ނެތް. ހުރިހާ ކަމެއް ގޯހުން ގޯހަށް. މި ދިޔަ ސަރުކާރުގައި…
— Ibrahim Ameer ???????? (@iameeru) September 8, 2025
އޭނަ ވިދާޅުވީ ކުރިމަތިލާން ޖެހުނު ދަތިތަކުން، އަރައިގަތީ ރައްޔިތުންނާއި ވިޔަފާރިތައް ސަލާމަތްކޮށްގެން ކަމަށާއި އެއާއެކު ދެން ގެންނަން ޖެހޭނެ ރިފޯމްތައް ދަނެގެން، ތައްޔާރުވެ ތިބި ކަމަށެވެ. އަމީރު ވިދާޅުވީ މާލީ އަދި އިގްތިސާދީ ސިޔާސަތު ހިންގީ ވެރިކަން ބަދަލުވެގެން ދެން ވެރިކަމާ ހަވާލު ވާނީ މަކަރުވެރި، ތަންދޮރު ނުދަންނަ ބައެއް ކަމަށް ބަލައިގެން ނޫން ކަމަށެވެ.
"މޮޅު ވާހަކަ ނުދައްކާ މަޖްލިސް އަށް ގެންދަން ވީނު، މުޅި މަޖްލިސް ކޮމިޓީއަކަށް. ތި ބޭފުޅުންގެ 87 މެމްބަރުންނާއި، ވަޒީރުންނާއި އަދިވެސް ގެންދަން ބޭނުން އެންމެން ގެންދާނީ،" އޭނަ ވިދާޅުވި އެވެ. "މާލީ އިޤްތިސާދީ ސިޔާސަތު ހިންގި ގޮތާއި، ކާރިސާ ތަކާއެކު ގެނެވުނު ބަދަލުތަކާއި ދަރަނި ނަގަން ޖެހުން ގޮތާއި، ތި ކިޔާ ފައިސާ ޗާޕްކުރުމާއި، ހުރިހާ ވާހަކަތަކެއް ރަނގަޅަށް ދައްކާލަން. މިހާރު ތި ދޮގުތަކުގެ ތަފްސީލް ރައްޔިތުންނަށް ސާފުވާން އެބަ ޖެހޭ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ