ވިޒިޓް ދަރަވަންދޫ ފިއެސްޓާގެ ޗެމްޕިއަންކަން ދޮންފަނަށް
މާޅޮސްމަޑުލު ދެކުނުބުރީގެ ހަތަރު ރަށަކަށް ހުޅުވާލައިގެން ފެށި 16 އަހަރުން ދަށުގެ މުބާރާތް "ވިޒިޓް ދަރަވަންދޫ ފުޓްސެލް ފިއެސްޓާ 2025"ގެ ޗެމްޕިއަންކަން ދޮންފަނުން ހޯދައިފިއެވެ. ޖުމްލަ ހަތަރު ޓީމާއެކު ކުރިއަށްދިޔަ މުބާރާތުގެ ޗެމްޕިއަންކަން ދޮންފަނުން ހޯދާފައިވަނީ ދަރަވަންދޫގައި ކުރިއަށްދިޔަ މުބާރާތުގެ ފައިނަލުގައި ކުޑަރިކިލުގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ކުޑަރިކިއްޔަކީ ލީގު ބުރުގައި އެންމެ ގިނަ ޕޮއިންޓު ހޯދައިގެން ފައިނަލާ ކުރިމަތިލި ޓީމެވެ. އެ ޓީމު އެއްވަނައިގައި އޮތީ ހަތް ޕޮއިންޓާއެކުގައެވެ. އަދި ދެވަނަ ޓީމުގެ މަގާމު ދޮންފަނުން ހޯދީ ޖުމްލަ ފަސް ޕޮއިންޓާއެކުއެވެ. ނަމަވެސް ފައިނަލުގައި ދޮންފަނުން ފެނުނީ ތަފާތުކޮށެވެ. ފައިނަލުގައި ދޮންފަނުގެ ހަމައެކަނި ލަނޑު ފެނުނީ ފުރަތަމަ ހާފުގައެވެ. ކިންގް އޮފް ދަ ޓޯނަމަންޓަށް ހޮވުނީ ދޮންފަނު ހުސެއިން ޒިޔާން އަޙްމަދު ޝާކިރެވެ. ކިންގް އޮފް ދަ ޓޯނަމަންޓަށް ހޮވުނު ޒިޔާނަށް ދަރަވަންދޫ ވިޒިޓް އިޔަރ 2025ގެ އެންބެސެޑަރ އަޙްމަދު ސާލިމް އިނާމުދެނީ-- ފޮޓޯ: ސަން މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ކުޑަރިކިލުގެ އަލީ ރިއުމާން ރުޝްދީ އެވެ. އޭނާ ވަނީ މުބާރާތުގައި ޖުމްލަ ފަސް ލަނޑު ޖަހާފައެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ދޮންފަނުގެ ކޯޗު މުޙައްމަދު މުސްތާގް އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ޝިޒާން މުޙައްމަދު ޝިފާން (ކުޑަރިކިލު) އިސްމާއީލް ނާޒިލް ނަޒީފް (ދަރަވަންދޫ) ހުސެއިން ޒިޔާން އަޙްމަދު ޝާކިރު (ދޮންފަން) އަލީ ރިއުމާން ރުޝްދީ (ކުޑަރިކިލު) އަބްދުﷲ އަހަދު ހުސެއިން ޖަމީލް (ދޮންފަން) މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއެކު މުބާރާތުގެ މީޑިއާ ޕާޓްނަރ އެެސްއެސް މީޑިއާގެ ޗީފް ކޮންޓެންޓް އޮފިސަރ މުޙައްމަދު ޒަހީން-- ފޮޓޯ: ސަން ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ބ. އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް އާއި އެ ދާއިރާގެ މަޖިލިސް މެމްބަރުގެ އިތުރުން ސްޕޮންސަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ