މޯލްޑިވްސް ޕޯސްޓު ލިމިޓެޑްގައި ހިނގަމުންދާ ކޮރަޕްޝަންގެ ވާހަކަތައް ދައުލަތުގެ އިދާރާތަކާ ހިއްސާކޮށް، ވިސިލްބްލޯކުރި މުވައްޒަފު ވަޒީފާއިން ވަކިކުރީ ބަދަލުހިފުމުގެ ގޮތުން ކަމަށް ވިސިލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ނިންމައިފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި، އެ ޔުނިޓުން ކުރި ތަހުގީގުން ވިސިލްބްލޯކުރި ޕޯސްޓުގެ މުވައްޒަފު އެކަން ކުރިކަމަށް ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން ތަފާތުކުރުން ގެންގުޅެ، އެ މުވައްޒަފު ވަކި ކުރެވޭނެ ގޮތްތަކެއް ކުންފުނިން ކުރަމުންދިޔަކަން ފާހަގަކުރެވިފައިވާ ބުނެފައިވެ އެވެ.
ވިސިލްބްލޯކުރި މުވައްޒަފާއި އެ މައްސަލައިގައި ހިމެނޭ އިތުރު އެއްވެސް މުވައްޒަފަކަށް ފިޔަވަޅު ނޭޅުމަށް ޕޯސްޓަށް ޖެނުއަރީ 21، ގައި އަމުރު ކޮށްފައި ވަނިކޮށް، އެ އަމުރާ ހިލާފަށް ޖެނުއަރީ 23، އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.
އެ މުވައްޒަފު ވަޒީފާއިން ވަކިކުރި މައްސަލައާ ގުޅިގެން ވިސިލްބްލޯވާ ޔުނިޓުން ވަނީ ޕޯސްޓް އޮފީސް ނުވަ ލައްކަ ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.
މީގެ އިތުރުން ޕޯސްޓުގެ ވަޒީފާ އިން ވަކިކުރި މުވައްޒަފުގެ ވަޒީފާ އަނބުރާ އިއާދަ ކުރުމަށް ވިސިލްބްލޯވާ ޔުނިޓުން ކޮށްފައިވާ އަމުރަށް ވެސް ޕޯސްޓު އޮފީހުން މިހާތަނަށް ވެސް ތަބާވެފައެއް ނުވެ އެވެ.
މީގެ ހަ އަހަރު ކުރިން 2019 ގައި ވުޖޫދުވި ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ކުރާ އަމުރަކާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ، އަމުރާ އެއްގޮތަށް އަމަލު ނުކުރާ ތަންތަން އެއް މިލިއަނަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އެ ޔުނިޓަށް ލިބެ އެވެ.
ވިސިލްބްލޯކުރި ޕޯސްޓުގެ މުވައްޒަފު ވަކިކުރީ ބަދަލުހިފަން ކަމަށް ވިސިލްބްލޯވާ ޔުނިޓުން ކަނޑައަޅައިފި ވިސިލްބްލޯކުރި ޕޯސްޓުގެ މުވައްޒަފު ވަކިކުރީ ބަދަލުހިފަން ކަމަށް ވިސިލްބްލޯވާ ޔުނިޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ