މަސް ހިފަން ފޭނި މީހަކަށް މިޔަރެއް ހަމަލާ ދީގެން ފަރުވާ ދޭން ފަށައިފި އެވެ.
ކުޅުދުއްފުށީގައި އެ ހާދިސާގެ ޝިކާރައަކަށްވެފައި ވަނީ 30 އަހަރުގެ ދިވެހި ޒުވާނެކެވެ. އިތުރު ބަޔަކާއެކު މަސް ހިފަން ގޮސް އުޅުނު ޒުވާނާ އަށް މިޔަރު ދިން ހަމަލާގައި ޒަހަމްވީ އޭނަގެ ކާނަތުގެ ކޮނޑެވެ. އެގޮތުން ކޮނޑުހުޅު ނައްޓައިގެން ގޮސްފައިވެ އެވެ.
އޭނަ އަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށީ ހެނދުނު 7:00 އެހާކަށްހާ އިރު އެވެ. އެނގިފައިވާ ގޮތުގައި އިތުރު ފަރުވާ އަށް ޒުވާނާ މާލެ ގެންދިއުމުގެ ވާހަކަތަކެއް އަންނަނީ ދެމުންނެވެ.
މި ފަހުން ރާއްޖޭގައި މިޔަރުގެ ހަމަލާތައް އިތުރުވެ، އެކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ފާޅުކޮށްފައިވެ އެވެ. އަދި ރާއްޖޭގައި މިހާރު މިޔަރުގެ އާބާދީ ވަރަށް ބޮޑު ކަމަށް މަސްވެރިން ވެސް ބުނެ އެވެ.
މިޔަރެއް މީހަކަށް ހަމަލާ ދީފި، ފަރުވާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ