ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި ހުދުމުހުތާރު ވެރިކަމެއް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މަސައްކަތް ކުރައްވަމުން ގެންދަވާތީ އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި އެތައް ލައްކަ ބަޔަކު ބައިވެރިވެއްޖެ އެވެ.
މި މުޒާހަރާތައް ކުރަމުންދަނީ "50501" ޝިއާރުގެ ދަށުންނެވެ. އެއީ "50 ސްޓޭޓްސް، 50 ޕްރޮޓެސްޓްސް، 1 މޫވްމެންޓް" އެވެ. މި މުޒާހަރާތަކަކީ އެމެރިކާގެ އިންގިލާބީ ހަނގުރާމަ ފެށިތާ 250 އަހަރު ފުރުމާ ދިމާކޮށް ކުރިއަށްގެންދާ މުޒާހަރާތަކެކެވެ.
ވައިޓް ހައުސް އާއި ޓެސްލާގެ ޑީލަޝިޕްތަކުގެ ބޭރުގައި އަދި ގިނަ ސިޓީތަކުގެ މައި މަރުކަޒުތަކުގެ ބޭރުގައި މުޒާހަރާގެ ބައިވެރިން ވަނީ އަޑުއުފުލާފަ އެވެ. އެގޮތުން، ގިނަ ބަޔަކު ވަނީ އޮޅުވާލައިގެން އެލް ސަލްވަޑޯއަށް ޑިޕޯޓް ކުރި ކިލްމާރް އަބްރެގޯ ގާސިއާ އެނބުރި ގައުމަށް ގެނައުމަށް ގޮވާލައިފަ އެވެ.
އެންމެ ފަހުން ނެގި ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ޓްރަމްޕުގެ ސަރުކާރުގެ އަމަލުތަކަށް 45 ޕަސެންޓު މީހުންގެ ތާއީދު އެބައޮތެވެ. އެމަނިކުފާނުގެ ފުރަތަމަ ދައުރުގައި އެ އަދަދު ހުރީ 41 ޕަސެންޓުގަ އެވެ.
ނަމަވެސް، މިއީ 1952 އިން ފެށިގެން 2020 އާ ހަމައަށް އިންތިހާބުވި ރައީސުންގެ އެވެރެޖު ކަމަށްވާ 60 ޕަސެންޓަށް ވުރެ ބޮޑުތަނުން ދަށް އެޕްރޫވަލް ރޭޓިންއެކެވެ. ހާއްސަކޮށް އިގްތިސާދަށް ބަލާއިރު ޓްރަމްޕްގެ މަގުބޫލުކަން ދަށަށް ދާތަން ފެނެ އެވެ.
ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އޭނާގެ އެޕްރޫވަލް ރޭޓިން ހުރީ 47 ޕަސެންޓުގަ އެވެ.
ޓްރަމްޕު ސަރުކާރާ ދެކޮޅަށް އެމެރިކާގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަވަނީ ޓްރަމްޕު ސަރުކާރާ ދެކޮޅަށް އެމެރިކާގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ