މިލާން (އޭޕްރީލް 21) - އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާން ރޭ ކުޅުނު މެޗުން ބޮލޯނިއާ އަތުން 1-0 އިން ބަލިވުމާ އެކު، އެ ލީގުގެ ރޭސް ފޯރިގަދަވެއްޖެ އެވެ.
މި ފަހަރުގެ ލީގުަގައި އިންޓަ ހަތަރު ވަނަ މެޗުން ބަލިވިއިރު، މި ނަތީޖާއާ އެކު އެ ޓީމަށް އެއް ވަނައިގައި ވަނީ ލީޑު ގެއްލިފަ އެވެ. އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް އިންޓަ އާއި ދެ ވަނައިގައި އޮތް ނަޕޯލީ އަށް 33 މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ.
ކޮންމެ ޓީމަކަށް ބާކީ ފަސް މެޗު އޮތްއިރު، އިންޓަގެ ކޯޗު ސިމޯން އިންޒާގީ ދެކޭގޮތުގައި ރޭހުގައި އޮތް ދެ ޓީމަށް ވެސް ބާކީ އޮތް މެޗު އުނދަގޫވާނެ އެވެ.
"ލީގު ރޭހެއް ނުނިމޭކަން މި ނަތީޖާ އިން ވެސް ބުނެދެނީ. ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކޮންމެ މެޗެއްގައި ވެސް ދެން. އަހަރެމެންނަށް ފިކްސްޗާސް ތަންކޮޅެއް އުނދަގޫތައް އޮތަސް، އަމިއްލަ ޓީމާ މެދު އިތުބާރު އެބައޮތް،" އިންޒާގީ ބުންޏެވެ.
ބޮލޯނިއާ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމު މޮޅުކޮށްދިން ލަނޑު އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ޖެހީ ރިކާޑޯ އޮރްސޮލީނީ އެވެ.
އިންޒާގީ ވަނީ މި ގޯލުގައި އިންޓަގެ ކުޅުންތެރިން ޑިފެންސްކުރީ މުޅި މެޗުގައި ބެހެއްޓި ވަރަށް ސަމާލުކަން ނުދީ ކަމަށް ބުނެފަ އެވެ. އަދި، ސީޒަނުގެ މުހިންމު ހިސާބެއްގައި، ރެފްރީ މެޗު ނިންމާލަންދެން ޓީމެއްގެ ގޮތުގައި ނަތީޖާ ނެރެން މަސައްކަތް ކުރަން ޖެހޭ ކަމަށް އިންޒާގީ ވަނީ ބުނެފަ އެވެ.
ލީގުގައި ރޭ އޭސީ މިލާން ދަނޑުގައި އެޓަލަންޓާ އިން ވަނީ 1-0 އިން މޮޅުވެފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ދެ ވަނަ ހާފުގައި ޖަހައިދިނީ އެޓަލަންޓާގެ ބްރެޒިލް މިޑްފީލްޑަރު، އެޑަސަން އެވެ.
މި ނަތީޖާއާ އެކު، ލީގުގެ ތިން ވަނައިގައި އޮތް އެޓަލަންޓާ އަށް ވަނީ 33 މެޗުން 64 ޕޮއިންޓް ލިބިފަ އެެވެ. ހަތަރެއްގައި އޮތް ބޮލޯނިއާ އަށް 33 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ޔުވެންޓަސް އަށް 33 މެޗުން ވަނީ 32 މެޗުން 59 ޕޮއިންްޓް ލިބިފަ އެވެ.
މިލާން އޮތީ 33 މެޗުން 51 ޕޮއިންޓާ އެކު، ލީގުގެ ނުވަ ވަނައިގަ އެވެ.
އެއް ވަނައިގައި އޮތް އިންޓަ ބަލިވެ، އިޓާލިއަން ލީގު ފޯރިގަދަވެއްޖެ އެއް ވަނައިގައި އޮތް އިންޓަ ބަލިވެ، އިޓާލިއަން ލީގު ފޯރިގަދަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ