57 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން 57 ރަށުގައި ހައުސިން ޔުނިޓް އިމާރާތްކުރާނެ ބަޔަކު ހޯދަން އަލުން އިއުލާނުކޮށްފި އެވެ.މި މަޝްރޫއަށް ކޮންޓްރެކްޓަރުން ހޯދާނީ ބައިނަލްއަގުވާމީ އުސޫލުތަކާއި ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.ފިނޭންސް މިނިސްޓްރީން ބުނީ:ޕްރީ ކޮލިފިކޭޝަންގައި ބައިވެރިވުމަށް 1،500ރ.ގެ ނަން ރިފަންޑަބަލް ފީއެއް ދައްކަން ޖެހޭޕްރީ-ކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ބީލަން ޕޯޓަލް މެދުވެރިކޮށްބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.މީގެ ކުރިން މިދިޔަ ޖެނުއަރީ މަހު ވެސް އެ މިނިސްޓްރީން ވަނީ ބޯހިޔާވަހިކަމުގެ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރުން ހޯދަން އިއުލާނުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ