އުކުޅަހަށް މަންޓާ އެއާ އިން ސީޕްލޭން ފަށަނީ

އުކުޅަހަށް ސީޕްލޭންގެ ދަތުރުތައް ފެށުމުގެ ގޮތުން މަންޓާ ކުންފުނިން ވަނީ މިއަދު އެރަށަށް ސާވޭ ކުރަން ގޮސްފަ އެވެ.
އއ. އުކުޅަކަށް ސީޕްލޭންގެ ދަތުރުތައް ފަށަން ތައްޔާރުވުމުގެ ގޮތުން ސާވޭގެ މަސައްކަތް ފަށައިފި އެވެ. 
އުކުޅަހު ކައުންސިލުން ބުނީ އެ ރަށަށް ސީޕްލޭންގެ ދަތުރުތައް ފެށުމުގެ ގޮތުން މަންޓާ އެއާ ކުންފުނީގެ ފަރާތުން ސާވޭ ކުރަން އައިސްފައިވާ ކަމަށެވެ. 
އުކުޅަހަކީ ކ. މާފުށި ނަގާފައި އެންމެ ހަލުވިކަމާއެކު ޓޫރިޒަމް ފުޅާވަމުންދާ އެއް ރަށެވެ. މި ރަށުގައި ރާއްޖޭގެ އެންމެ ބޮޑު ގެސްޓްހައުސް ކުންފުނި ކަމަށްވާ ކާނިން ދަނީ 100 އެނދުގެ ގެސްޓްހައުސްއެއް ހަދަމުންނެވެ. އަދި މިވަގުތުވެސް 40 އަށްވުރެ ގިނަ ގެސްޓްހައުސްގެ މަސައްކަތް ދަނީ ކުރަމުންނެވެ. 
ގެސްޓްހައުސް ވިޔަފާރި ފުޅާވަމުން ދިއުމާއެކު ސީޕްލޭން ހިދުމަތްދޭ މޯލްޑިވިއަންއިން ވެސް ވަނީ އެ ކުންފުނީގެ ހިދުމަތް ބައެއް ރަށްރަށަށް ފަށަމުންނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ