ބޭރު ޤައުމުތަކުން ރާއްޖޭގެ ތަރައްގީއަށް ދޭ ފައިސާ މުއިއްޒު ދަނީ ސިޔާސީ ސިޔާސީ މީހުންނަށް މުސާރަ ދިނުމަށް ބޭނުން ކުރަމުން ކަން ފިނޭންސް މިނިސްޓްރީގެ އިސް ފަރާތެއް ދިޔަވަރު ނޫހަށް މައުލުމާތު ދެއްވައިފިއެވެ.
އެ ފަރާތުން ދެއްވި މައުލޫމާތުން ހާމަވާ ގޮތުގައި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އަދި މިފަދަ ރަށްރަށުގެ ތަރައްގީއަށް ދީފައިވާ ފައިސާތައް ދަނީ އެކި ގޮތްގޮތުން ބަޖެޓުން ނަގައި ބޭނުން ކުރަމުންނެވެ.
މިގޮތުން ބޮޑު ކަންނެލީގެ މަސްވެރިކަމަށް ހުޅުމާލޭގައި ޤާއިމު ކޮށްފައިވާ ބަޖެޓަށް މީގެ އަހަރެއް ކުރިން ދީފައިވާ ފައިސާއާއި، ބޭރުގެ ޤައުމަކުން އައިސް ފެކްޓްރީތައް މަރާމާތް ކުރުމަށް ހޯދާފައިވާ ފައިސާވެސް ވަނީ ޑޮލަރުން، އެމްބަސީ ތަކުގެ ތިބި ސިޔާސީ ފަތާތްތަކަށް މުސާރަ ދިނުމަށް ބޭނުން ކުރަމުންނެވެ.
އައްޑޫގައި ގާއިމް ކުރުމަށް ހަމަ ޖެހިފައިވާ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތާއި، ސްޕޯޓްސް ފިޝަރީޒް ކަނޑުފައްޗާއި، ހެލްތް ޕޯސްޓާއި، މި ނޫނަސް މިފަދަ ކޮންމެހެން ބޭނުންވާ އަސާސީ ޚިދުމަތްތަކަށް ބޭރުން ދެމުންދާ އެހީތަކަށް ރައީސް މުއިއްޒު ގެންދަވަނީ ހިޔާނާތްތެރިވެ، އެ ފައިސާ ސިޔާސީ ހާއްސަކޮށް އެމްބަސީތަކުގައި ތިބި އެތައް ހާސް ބޭކާރު ބަޔަކަށް ޚަރަދު ކުރަމުންނެވެ.
މިކަމުގެ ސަބަބުން ޕްރޮޖެކްޓްތަކަށް މިދިޔަ އަހަރު ލިބިފައިވާ ފައިސާ ބޭނުން ކޮށްފައި ވާތީ، މިއަހަރުވެސް އެ ޕްރޮޖެކްޓްތައް ފެށޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.
ބޭރު ޤައުމުތަކުން ރަށްރަށުގެ ތަރައްގީއަށް ދޭ ފައިސާ މުއިއްޒު ދަނީ ސިޔާސީ މީހުންނަށް މުސާރަ ދިނުމަށް ބޭނުން ކުރަމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ