ސްކޯލްސް އަށް މާޓިނޭޒްގެ ހޫނު ރައްދެއް ސްކޯލްސް އަށް މާޓިނޭޒްގެ ހޫނު ރައްދެއް

މެންޗެސްޓާ (ފެބްރުއަރީ 12) - މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު، އެ ކްލަބާ ބެހޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން އެ ޓީމަށް މިހާރު ކުޅެމުން އަންނަ އާޖެންޓީނާގެ ޑިފެންޑަރު، ލިސަންދްރޯ މާޓީނޭޒް ހޫނު ރައްދެއް ދީފި އެވެ.
ޓީވީ ޕަންޑިޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ސްކޯލްސް ބުނީ، މާޓިނޭޒް ފިޓްކޮށް ހުއްޓަސް، އޭނާ ޓީމުގައި ހިމަނައިގެން ޕްރިމިއާ ލީގު ހޯދުމަކީ ޔުނައިޓެޑަށް ނުވާނެ ކަމެއް ކަމަށެވެ.
މި ވަގުތު ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ގުޅިގެން ފަރުވާ ހޯދަމުން އަންނަ މާޓީނޭޒް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ސްކޯލްސް އަށް ރައްދުދީފަ އެވެ.
މާޓީނޭޒް ބުނީ، ސްކޯލްސް އަކީ ޔުނައިޓެޑަށް ވަރަށް ބަދުނަސީބު މީހެއް ކަމަށާއި އޭނާ ކަހަލަ މީހަކަށް އާޖެންޓީނާގައި ނޫޅެވޭނެ ކަމަށެވެ.
ދާދި ފަހުން، ސްކޯލްސް ވަނީ ޔުނައިޓެޑްގެ އާ ކޯޗު ރުބެން އަމޮރިމްގެ އަތްމައްޗަށް އެ ކްލަބް އައިސްފައި އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށް ބުނެފަ އެެވެ. އަދި ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގެ ތެރޭގައި އެކަށީގެންވާ ބަދަލުތަކެއް ނުގެނެސްފިނަމަ، އަންނަ ސީޒަނުގައި ޔުނައިޓެޑުން ވާދަކުރަން ޖެހުން ގާތީ ރެލިގޭޝަން ޒޯނުގައި ކަމަށް ވެސް ސްކޯލްސް ބުނެފައިވެ އެވެ.
ޔުނައިޓެޑްގައި މި ވަގުތު އޮތް ސްކޮޑުގައި ބޮޑު ޓީމެއްގެ ސިފަ ޖަހާ ލެވަލްގެ ކުޅުންތެރިން މަދުކަމަށް ސްކޯލްސް ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ