ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ދޭއްގެ ފައިނަލުގައި ވާދަވެރި ދުވާފަރާ ދެކޮޅަށް ނުކުންނައިރު އިނގުރައިދޫން ފޯރިގަދަ މެޗަކަށް ނުކުންނައިރު، އެ ޓީމުގެ ރޫހު ރަނގަޅު ކަމަށް އިނގުރައިދޫ ޓީމުގެ މުހިންމު ކުޅުންތެރިޔާ، އަހުމަދު އައިހަމް (އައިހު) ބުނެފި އެވެ.
މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިހާތަނަށް އިނގުރައިދޫން ވަނީ ތިން ފަހަރު ދުވާފަރު ބަލިކޮށްފަ އެވެ. އެއީ، ރ. އަތޮޅު ގްރޫޕް ސްޓޭޖުގެ މެޗުގައި 2-1 އިންނާއި ރ. އަތޮޅު ފައިނަލުގައި، 3-1 އިންނާއި އަދި އެންމެ ފަހުން ޒޯންގެ ލީގު ބުރުގައި ކުޅުނު މެޗުން، 3-2 އިންނެވެ.
"ފުރަތަމަ ކަމަކަށް ވެސް ހަމަ އަލްހަމްދުލިއްލާހި، މިއީ އަތޮޅާއި ޒޯނުގައި މި ފަހަރު ދުވާފަރު އަތުން ތިން ވަނަ މޮޅު. ޖެހިޖެހިގެން ހަމަ، އުންމީދަކީ އިރާދަކުރެއްވިއްޔާ ހަމަ ފައިނަލުގައި ހަމަ، ކޯޗުންގެ އިރުޝާދާ އެކު، ޑިސިޕްލިންއާ އެކު، ފައިނަލް މެޗުން ވެސް މޮޅުވެ، ރައުންޑް އޮފް 16 އަށް މި އަށް ވުރެ ވަރުގަދަކޮށް ނުކުތުން ޓާގެޓަކީ،" ޒޯން ބުރުގެ މެޗަށް ފަހު، އައިހު "އަދަދު ސްޕޯޓްސް" އަށް ބުންޏެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16 ބުރުގައި ހިމެނޭ ޓީމުތަކަށް ބަލާއިރު މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން އަންނަ އެއް ޓީމަކީ އިނގުރައިދޫ އެވެ. އެކަމަކު، އެ ޓީމުން އެ އަށް ނުވިސްނައި، ކޮންމެ ޓީމަކަށް ވެސް ދޭން ޖެހޭ އިހުތިރާމް ފުރިހަމަ އަށް ދީގެން ކުޅޭ ކަމަށް އައިހު ވަނީ ބުނެފަ އެވެ.
"އަޅުގަނޑުމެން ހުރިހާ ޓީމަކަށް ވެސް ރެސްޕެކްޓް ކުރަން، ހަގީގަތުގައި މޮޅު ޓީމެއް (ދުވާފަރު އަކީ) މި ތިން ފަހަރު ބަލިކުރީ ވެސް. އަޅުގަނޑުމެން އަތުން އެ މީހުން ރަނގަޅު ސްކޯ އަކުން މޮޅުވެފައިވަނީ، އެ އަތޮޅު މުބާރާތުގައި ވެސް، ތަށި އެ މީހުން ވެސް ނަގާފައި ވަނީ ޖެހިޖެހިގެން. ދެން، އެހެންވީމަ، މި އަކަށް (ގޯލްޑަން ފުޓްސަލް ޗެލެންޖް) އަށް ނާންނާނެ ދަށް ޓީމެއް. ރެސްޕެކްޓް ކޮށްގެން ހަމަ ކުޅޭނީ،" އައިހު ބުންޏެވެ.
އިނގުރައިދޫ އާއި ދުވާފަރު ކުޅޭ ޒޯން ފައިނަލް މެޗު ފަށާނީ މިރޭ 20:00 ގަ އެވެ.
ފޯރިގަދަ ފައިނަލަކަށް ނުކުންނައިރު އިނގުރައިދޫގެ ރޫހު ރަނގަޅު ފޯރިގަދަ ފައިނަލަކަށް ނުކުންނައިރު އިނގުރައިދޫގެ ރޫހު ރަނގަޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ