ބުދަ ދުވަހުގެ ރޭ ދަންވަރު އަލިފާން ރޯވެ، އަނދައި އަޑިއަށް ދިޔަ 'ހޮޅުދޫ ބޯޓު'ން ގެއްލުނު ލ. މާވަށު އަލީ މުޝްފިގު، 25، އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފްއިން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - 'ހޮޅުދޫ ބޯޓު'ގައި ރޯވީ ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް ބުދަ ދުވަހުގެ ރޭ 9:07 ހާއިރު އެވެ.
އެމްއެންޑީއެފުން އިއްޔެ ބުނީ 'ހޮޅުދޫ ބޯޓު' ދަންވަރު 2:07 އެހާކަށްހާއިރު އެ ސަރަހައްދަށް އަޑިއަށް ގޮސްފައިވާ ކަމަށެވެ.
އޭރު ބޯޓުން ދަތުރުކުރަމުން ދިޔަ 11 ދިވެހިންނާއި ހަތް ބިދޭސީންގެ ތެރެއިން ގެއްލުނީ މުޝްފިގު އެކަންޏެވެ.
ތަފްސީލު - މުޝްފިގު ގެއްލުމާ އެކު އެމްއެންޑީއެފް ކޯސްޓުގާޑުން ފެށި ސާޗު އޮޕަރޭޝަންގެ އެންމެ ފަހުގެ މައުލޫމާތު ދެމުން އެމްއެންޑިއެފްއިން ބުނިގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި:
ސާފަސް ސާޗުގެ ގޮތުގައި 92.42 އަކަ ނޯޓިކަލް މޭލު ވަނީ ބަލާފައި
ޑައިވްކޮށްގެން 65،100 އަކަ މީޓަރު ވަނީ ބަލާފައި
އެމްއެންޑީއެފްއިން އަދިވެސް އަންނަނީ މުޝްފިގު ފެނޭތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ.
މުޝްފިގު އަދިވެސް ނުފެނޭ؛ ހޯދުމުގެ މަސައްކަތް ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ