ބާރަ ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާއަށް ޒިޔާރަތްކުރުން މަނާކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމައިފިއެވެ.
ޓްރަމްޕް މި ނިންމުން ނިންމާފައިވަނީ "ބޭރުގެ ޓެރަރިސްޓުން" އާއި އެހެނިހެން ސަލާމަތަށް ހުރި ނުރައްކާތަކުން ސަލާމަތްވުމަށް ކަމަށް ބުނެއެވެ.
އަފްޣާނިސްތާން،
މިޔަންމާ،
ޗާޑް،
ކޮންގޯ،
އިކުއެޓޯރިއަލް ގިނީ،
އެރިތްރެއާ،
ހައިޓީ،
އީރާން،
ލިބިޔާ،
ސޯމާލިޔާ،
ސޫދާން
ޔަމަން
މީގެ އިތުރުން، ހަތް ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާއަށް ވަނުން ބައެއް ހާލަތްތަކުގައި ހަނިކުރުމަށްވެސް ވަނީ ނިންމާފައެވެ. އެ ޤައުމުތަކަކީ ބުރުންޑީ، ކިއުބާ، ލާއޯސް، ސިއެރަ ލިއޯން، ޓޯގޯ، ޓަރކްމެނިސްތާން އަދި ވެނެޒުއެލާއެވެ.
"މި ގައުމަށް ގެއްލުން ދޭން ބޭނުންވާ މީހުން ޤައުމަށް ވަންނަން ހުއްދައެއް ނުދޭނަން،" ޓްރަމްޕް ބުނެފައިވެއެވެ.
ޓްރަމްޕް އިތުރަށް ބުނީ، މި ލިސްޓަށް ބަދަލު ގެނެވިދާނެ ކަމަށާއި އައު ޤައުމުތައް އިތުރުކުރެވިދާނެ ކަމަށެވެ.
މި އަމުރު ތަންފީޒުކުރަން ފަށާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު ކަމަށާ، އެ ވަގުތުގެ ކުރިން ދޫކޮށްފައިވާ ވީސާތައް ބާތިލެއް ނުކުރެވޭނެ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރުގައި، އޭނާ ވަނީ މުސްލިމުން ގިނަ ހަތް ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާއަށް ދަތުރުކުރުން މަނާކުރައްވާފައެވެ. މި ސިޔާސަތު ވަނީ 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ހިފަހައްޓާފައެވެ.
މި އަމުރަކީ ޓްރަމްޕްގެ މި ދައުރުގައި ފަށާފައިވާ ހަރުކަށި އިމިގްރޭޝަން ގަވައިދުތަކުގެ ތެރެއިން އައި ނިންމުމެކެވެ. އެގޮތުން މީގެ ކުރިން ޓްރަމްޕް ވަނީ، ވެނެޒުއެލާގެ ސަދައުން މެންބަރުން ކަމަށް ޝައްކުކުރެވޭ ސަތޭކަ އެތައް ބަޔަކު އެލް ސަލްވަޑޯއަށް ޑިޕޯޓްކޮށް، ބައެއް ބޭރުގެ ދަރިވަރުންނަށް އެމެރިކާގައި ކިޔެވުމުގެ ފުރުސަތު ނުދިނުމާއި އަދި އެހެން ބައެއް ދަރިވަރުން ޑިޕޯޓްކުރުމުގެ މަސައްކަތްތައް ފަށާފައެވެ.
ބާރަ ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާއަށް ޒިޔާރަތްކުރުން މަނާކުރަން ޓްރަމްޕް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ