އެމެރިކާގައި ގަވައިދާއި ހިލާފަށް އިންޑިއާގެ ގިނަ ޢަދަދެއްގެ އިންޑިއާ ރައްޔިތުން އަނބުރާ އިންޑިއާއަށް ފޮނުވާލުމުގެ މަސައްކަތް އެމެރިކާ އިން ފަށައިފިއެވެ.
އެމެރިކާގެ ސަރުކާރުން، ބިދޭސީން އަނބުރާ ފޮނުވާލުމަށް މިލިޓަރީ މަތިންދާބޯޓެއް ބޭނުންކޮށްގެން އިންޑިއާއަށް ފުރުވާލައިފިކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ވަނީ ރޮއިޓާސް އަށް ހާމަކޮށްދީފައެވެ. މިއީ ޓްރަމްޕް ސަރުކާރުން ބިދޭސީން އަނބުރާ ފޮނުވާލުމަށް ނިންމި ނިންމުމުގެ ދަށުން މިހާތަނަށް ފޮނުވާލާފައިވާ އެންމެ ދުރު މަންޒިލެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާ އިން ޑިޕޯޓްކޮށްލި އިންޑިއާ މީހުންގެ އަދަދު 205 އަށް އަރައެވެ.
ނަން ހާމަނުކުރުމުގެ ޝަރުތުގެ މަތިން ރޮއިޓާސް އަށް މަޢުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވީ ސީ-17 މަތިންދާބޯޓެއް ބިދޭސީންނާއެކު އިންޑިއާއަށް ފުރާފައިވާ ކަމަށާއި، އެ ބޯޓު މަންޒިލަށް ވާސިލުވާނީ މަދުވެގެން 24 ގަޑިއިރު ފަހުންކަމަށެވެ.
މީގެ އިތުރުން، ޕެންޓަގަނުން ވަނީ ޓެކްސަސްގެ އެލް ޕާސޯ އަދި ކެލިފޯނިއާގެ ސަން ޑިއޭގޯގައި އެމެރިކާގެ އޮތޯރިޓީތަކުން ހިފަހައްޓާފައިވާ 5،000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ފޮނުވާލުމަށް ފްލައިޓްތައް ހަމަޖައްސަން ފަށާފައެވެ.
މިހާތަނަށް މިލިޓަރީ މަތިންދާބޯޓުތަކުން ބިދޭސީން ފޮނުވާލާފައިވަނީ ގުއަޓެމާލާ، ޕެރޫ އަދި ހޮންޑިއުރަސްއަށެވެ. ނަމަވެސް މިލިޓަރީ މަތިންދާބޯޓު ބޭނުންކޮށްގެން ބިދޭސީން އަނބުރާ ފޮނުވާލުމަކީ ވަރަށް ބޮޑު ޚަރަދެއް ހިނގާ ކަމެއްކަން ފާހަގަކުރެވެއެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފާއިތުވި ހަފްތާގައި ގުއަޓެމާލާއަށް ކުރި މިލިޓަރީ ފްލައިޓެއްގައި ކޮންމެ ބިދޭސީއަކަށް މަދުވެގެން 4،675 ޑޮލަރު ޚަރަދުވެފައިވާ ކަމަށް ލަފާކުރެވެއެވެ.
މިއަދު އިންޑިއާއަށް ފުރުވާލި ފްލައިޓްގައި ތިބީ ކިހާ ބަޔަކުކަމެއް އަދި އެއްވެސް މަސްދަރަކުން ކަށވަރު ކޮށެއް ނުދެއެވެ.
އެމެރިކާގައި ގަވައިދާއި ހިލާފަށް އުޅޭ އިންޑިއާގެ 205 މީހުން ޑީޕޯޓްކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ