150ގ ޔޯގަޓް
300ގ ހަކުރު
2 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރު
3 ޕެޝަން ފުރުޓު
200ގ ބަޓަރު
3 ބިސް
400ގ ފުށް
2 މޭޒުމަތީ ސަމުސާ އޮރެންޖް ތޮށި (ގާނާފައި)
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
ބޯތައްޓެއްގައި ހަކުރާއި ބަޓަރު، އިލެކްޓްރިކް މިކްސަރަކުން، ކްރީމަށް ވަންދެން އެއްކޮށްލާށެވެ. އެއަށް ފަހު ވެނީލާ އާއި ބިސް އަޅާށެވެ. މަޑުމަޑުން އެއްކޮށްލާށެވެ.
އެހެން ބޯތައްޓެއްގައި ޕެޝަން ފުރުޓާއި ޔޯގަޓް އެއްކޮށްލާށެވެ.
ކުރިން އެއްކުރި ތަކެއްޗަށް ފުށާއި ބޭކިން ޕައުޑަރު، ލޮނު އަދި އޮރެންޖް ތޮށި އަޅައި އެއްކޮށްލާށެވެ.
ދެން ދެ ބޯތަށީގައި ހުރި އެއްޗެހި ސަމުސަލަކުން އަޅައި އެއްކޮށްލާށެވެ. ފަސް އިންޗީގެ ޓްރޭއަކަށް އަޅާފައި 25 މިނެޓް ވަންދެން އަވަނުގައި 160 ޑިގްރީގައި ފިހެލާށެވެ.
ފަސޭހަ ރެސިޕީ: ޕެޝަން ފުރުޓް ކޭކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ