ޔޫރޮޕާ ލީގުގެ ޗެމްޕިއަނަށް ޗެމްޕިއަންސް ލީގު ޖާގަދޭން ވެންގާ ދެކޮޅު ޔޫރޮޕާ ލީގުގެ ޗެމްޕިއަނަށް ޗެމްޕިއަންސް ލީގު ޖާގަދޭން ވެންގާ ދެކޮޅު

ލަންޑަން (މެއި 8) - ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކުރާ ޓިމަކަށް ޗެމްޕިއަންސް ލީގުގެ ޖާގަދޭން ނުޖެހޭނެ ކަމަށް ތަޖުރިބާކާރު ކޯޗު، އާސެން ވެންގާ ބުނެފި އެވެ.
އާސެނަލްގެ ކުރީގެ ކޯޗު، ވެންގާ މި ގޮތަށް ބުނީ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް އަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްގެން ޗެމްޕިއަންސް ލީގަށް ކޮލިފައިވާނެ ފުރުސަތު އޮތުމާ ގުޅޭގޮތުން އަމާޒުވި ސުވާލަކަށް ދިން ޖަވާބުގަ އެވެ.
މުބާރާތްތަކުގެ ގަވައިދު ބުނާ ގޮތުން ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމެއް ޔުއެފާ ޔޫރޮޕާ ލީގަށް ކޮލިފައިވާނެ އެވެ. އަދި، ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޓީމު ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވާ އުސޫލުންނެވެ.
ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާގެ ގްލޯބަލް ޑިވެލޮޕްމަންޓް މަގާމުގައި މިހާރު ހުރި ވެންގާ ގަބޫލުކުރާ ގޮތުގައި މި މުބާރާތްތަކުގެ ޗެމްޕިއަން ޓީމަށް ދެން އަންނަ ސީޒަނުގައި ވެސް ކޮލިފައިވާން ޖެހޭނީ ހަމަ އެ މުބާރާތަކަށް ކަމަށެވެ.
"އެ މީހުން ކޮލިފައިވާން ޖެހޭނީ ހަމަ ޔޫރޮޕާ ލީގަށް. ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ނުޖެހޭ" ވެންގާ ބުންޏެވެ.
އިނގިރޭސި ކްލަބް ޔުނައިޓެޑަށް މިހާރު އޮތް ގޮތުން ޗެމްޕިއަންސް ލީގުގެ ފުރުސަތު އޮތީ ހަމައެކަނި ޔޫރޮޕާ ލީގު ކާމިޔާބުކޮށްގެންނެވެ. ޓޮޓެންހަމް އާއި ޔުނައިޓެޑް އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ 10 އަކުން ބޭރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ