ރައްޔިތުންގެ އަތުގައި އޮތް ބާރުވެރިކަން ނިގުޅަައިގަތުމަށް ސަރުކާރަަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އެކަމާ ދެކޮޅަށް އެމްޑީޕީ ނިކުންނާނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ސަރުކާރުން ވަނީ އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހު ބާތިލުކުރަން ހުށަހަޅާފައިވާ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް، އެކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރެވޭގޮތަށް ބެންޗު ކުޑަކުރަން ސަރުކާރަށް ނިސްބަތްވާ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު މަޖިލީހަށް އިއްޔެ ބިލެއް ހުށަހެޅުއްވި އެވެ. އަދި އެ ބިލު ބަލައިގަނެ މިއަދު ވަނީ ކަމާބެހޭ ކޮމިޓީއަށް ވެސް ފޮނުވައިފަ އެވެ.
ބުނީ ކީކޭ؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް ބަދަލުކޮށް ދެ ފަނޑިޔާރަކު ވަކިކުރަން އުޅޭތީ މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މިހާރު ކުރަން އުޅޭ ކަމަކީ ފެށުމުގައި ވެސް އަދި ނިމުމުގައި ވެސް ބާތިލުކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ވެރިކަމުގެ ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ.
"ރައްޔިތުންގެ އަތުގަައި އޮތް ބާރު ސަރުކާރަށް ނިގުޅައެއް ނުގަނެވޭނެ. ނިގުޅައިގަތަ އަޅުގަނޑުމެން ނުދޭނަމޭ. އިރާދަކުރެއްވިއްޔާ އެމްޑީޕީން ނިކުމެ ރައްޔިތުންގެ ބާރުއަލުން ރައްޔިތުންނަށް ހޯދައިދޭނަން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ:
ގާނޫނު އަސާސީގެ މުޅި މަހުފޫމަކީ އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވާ ނިޒާމެއް ގާއިމުކޮށް ޑިކްޓޭޓަޝިޕަކަށް ފުރުސަތު ނުދިނުން
މިއަދު ސަރުކާރުން ކުރަން އެ އުޅޭ ކަމަކުން އެއްވެސް ކާމިޔާބެއް ނުވާނެ، އިތުރަށް އަގުވެއްޓި ފަލީހަތްވުން ނޫން ކަމެއް ނުވާނެ
ސަރުކާރުގައި އެއްވެސް ކަހަލަ ހައިސިއްޔަތެއް މިއަދު ނެތް
މަޖިލީހަށް ހުށަހަޅާފައި ކޯޓުތަކުގެ ގާނޫނަށް ގެންނަ އިސްލާހުގެ ބިލުގެ ބަހުސްއިން ވެސް އެނގުނީ ސަރުކާރުން ކުރަން އުޅޭ ކަމަކީ ފަނޑިޔާރުން ވަކިކުރުންކަން
ރައްޔިތުންގެ އަތުގައި އޮތް ބާރުވެރިކަން ނިގުޅައިގަތަކަ ނުދޭނަން: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ