ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ: ސްޓެލްކޯ

ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ގަލޮޅުގެ ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެގޮތުން އެކުންފުނިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދު ހެނދުނު 10:00 އިން 12:00 އަށް ގަލޮޅުގެ ލޮނުޒިޔާރަތް މަގާއި، ދޮނަދަރާދަ ހިނގުން، ދޫހިމެރިމަގުގެ އިތުރުން، ބޮޑުރަސްގެފާނުމަގާއި، ކޮއިމަލާ ހިނގުމުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިއާއިއެކު ގަލޮޅުގެ ރަށް ދެބައިމަގާއި، ރަށް ދެބައިމަގު ހަނި ގޯޅިން، މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓުގެ ޚިދުމަތް މެދު ކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ