ހަންކެޑެއަށް ފައިސާ ލިބިއްޖެ، އެއާޕޯޓް ނިމޭއިރު 6،000 އެނދު ހުންނާނެ

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ހަންކެޑެއަށް ފައިސާ ލިބިއްޖެ ކަމަށެވެ. އަދި ސަރުކާރުން އެހީދީގެން އައްޑޫގައި އެނދު ނެރެން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އައްޑޫގައި ހިންގަން ނުހެދި އޮތް ހަންކެޑެ ޓޫރިޒަމް މަޝްރޫއަށް ފައިސާ ހަމަޖެހިއްޖެ ކަމަށާ، ގަން އިންޓަނޭޝަނަލް އެއާޕޯޓް ނިމޭއިރު 6،000 އެނދު ނެރެވޭ ކަމަށް ބެލެވޭ ކަމަށް ސަރުކާރުން ބުނެފި އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން އިންޑިއާގެ ރެނާޓަސް ކުންފުންޏަށް ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު / އިކޮނޮމިކް ކައުންސިލްގެ ޗެއާ ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި އިންޑިއާގެ އެހީގައި ގަން އެއާޕޯޓް ތަރައްގީ ކުރަން ފެށިގެންދާއިރު މިއީ ދެކުނަށް އުފާވެރި ދުވަހެކެވެ. އަދި މި މަސައްކަތާއެކު އައްޑޫގައި ހުރި ޓޫރިޒަމް ފެސިލިޓީސްތައް ވެސް ހިންގައިގަންނާނެ މަގު ސަރުކާރުން ދައްކާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ހަންކެޑެ ތަރައްގީ ކުރަން ވަނީ ފައިސާ ހަމަޖެހިފަ. މިއާއެކު ހުރި ގެސްޓްހައުސްތަކާއެކު އެއްބަސްވުމަކަށް އައިސް މަސައްކަތް ފެށޭނެ. މިއާއެކު ވިލިނގިލި ރިސޯޓުގެ މައްސަލަވެސް ހައްލުވާނެ. މިއާއެކު އައްޑޫގައި 6،000 އެނދު އުފެދޭނެ. މިވަރުން އެނދުގެ އަދަދު 8،000 އެއްނުވޭ. ނަމަވެސް މިވަރުން ފުދޭނެ ކަމަށް ބެލެވެނީ،" ފައްޔާޒު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިހާރު އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތަކާއެކު އައްޑޫގެ ބިން ހިއްކައި ފަސް ރިސޯޓެއް ހަދަންވެސް ނިންމާފައިވާ ކަމަށެވެ. 
އެނގިފައިވާ ގޮތުގައި ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަނުން ކްރޮސް ސަބްސިޑީ އުސޫލުން ތަރައްގީ ކުރަން ހަވާލު ކޮށްފައިވާ ހަންކެޑެ އަށް އަރާ ޗައިނާ ކުންފުނިން ހަންނެޑެގައި 1041 އެނދު ހަދާނެ އެވެ. މި މަޝްރޫއުގައި ގިނަ ބައިތަކެއް ވެސް ހިމެނޭނެ އެވެ. މަޝްރޫއުގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 175 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ) އެވެ. 
ހަންކެޑޭގައި ރިސޯޓެއް ތަރައްގީ ކުރަން މިހާތަނަށް ފަސް ފަހަރެއްގައި މަސައްކަތް ކޮށްފައިވެ އެވެ. ސ. މަރަދުއާ ގުޅިފައި އޮންނަ އެ ރަށުގައި ރިސޯޓެއް ހެދުމުގެ ކުރެހުންތަކެއް މި ވޭތުވެދިޔަ ޒަމާންތަކާއި މިދިއަ ހަތަރު އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ވެސް އެކި ފަރާތްތަކުން ދެއްކި އެވެ. އެކަމަކު ނިމިދިޔަ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ފަހުތަޅާލުމުގެ ހޫނުގަނޑުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑު އަށް ވަޑައިގެން ހަންކެޑެ ހަދަން ފައިސާ ލިބިއްޖެކަން އިއުލާނު ކުރެއްވި އެވެ. އެ ހިސާބުން ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މޯލްޑިވްސް ފަންޑުމެނޭޖުނަންޓް ކޯޕަރޭޝަން - އެމްއެފްއެމްސީ - އިން ދައްކާލި އާ ކުރެހުމަކާއެކު އަނެއްކާ ވެސް މި މަަޝްރޫއާމެދު މިވަނީ އުންމީދު އާވެގެން ގޮސްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ