ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަން މޯލްޑިވްސް ތާޑް ވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން ވެސް ނިންމައިފި އެވެ.
ގުރައިދޫ ދާއިރާގެ މެމްބަރަކަށް ހުންނެވި އިބްރާހިމް ރިޒާ އަވަހާރަވުމުން އެ ދާއިރާގެ ގޮނޑި ހުސްވެ، އަންނަ މަހު ބައި އިލެކްޝަނެއް ބާއްވަން އޮތީ ނިންމައިފަ އެވެ. ބައި އިލެކްޝަންގައި ވާދަކުރަން އެމްޓީޑީއިން ނިންމައި، ވާދަކުރަން ބޭނުންވާ މީހުން ކުރިމަތިލުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފަ އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައިގެން އުފެއްދެވި އެމްޓީޑީން ބުނިގޮތުގައި އެކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހަވީރާ ހަމައަށް އޮންނާނެ އެވެ. އަދި އީމެއިލް މެދުވެރިކޮށް ކުރިމަތިލެވޭނެ ކަމަށް އެ ޕާޓީން ބުންޏެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމާއި އެމްޑީޕީގެ އިތުރުން އެމްއެންޕީ އިން ވެސް ވާދަކުރެ އެވެ. ޕީޕީއެމްގެ ޓިކެޓް ލިބިވަޑައިގަތީ އަވަހާރަވި މެމްބަރު ރިޒާގެ ކޮއްކޮ ހުސައިން ރިޒާއަށެވެ. އެމްޑީޕީގެ ޓިކެޓަށް ހަތަރު ބޭފުޅަކު ވާދަކުރައްވަ އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޓީޑީއިން ވެސް ނިކުންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ