ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން: އެމްޑީޕީން ޕްރައިމަރީއަށް ހުޅުވާލައިފި
ކ. ގުރައިދޫ ދާއިރާގެ ޕްރައިމަރީއަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ހުޅުވާލައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޕީޕީއެމްގެ މެމްބަރު އިބްރާހީމް ރިޒާ ނިޔާވުމާ ގުޅިގެންނެވެ. ރިޒާ ނިޔާވީ މެލޭޝިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އެމްޑީޕީން މިއަދު ކުރި އިއުލާންގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މާޗް މަހުގެ 11 ވާ ހޮނިހިރު ދަވަހު ކަމަށެވެ. އަދި އެ ދުވަހު ބާއްވާ މިޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މާޗް މަހުގެ ދޭއްވާ ބުރާސްފަތި ދުވަހުގެ 16:00 އަށް ހުޅުވާލެވިފައިވާ ކަމަށެވެ. އެމްޑީޕީން ބުނީ ގުރައިދޫ ދާއިރާގެ ގޮނޑިއަށް ޝައުގުވެރިކަން ހުރި އެ ޕާޓީގެ މެމްބަރުން އެ ކެންޑިޑޭޓަށް ތާއީދުކުރާ 100 މެމްބަރުންގެ ސޮޔާއެކު ޕާޓީގެ އޮފީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ގާނޫނު އަސާސީގައި 79 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ހާލަތެއްގައި އެ ގޮނޑި ހުސްވާ ތާރީޚުން ފަށައިގެން 60 ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް އެހެން މެމްބަރަކު އިންތިޚާބު ކުރަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ