ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް 12 ބޭފުޅުން ކުރިމަތިލައްވައިފި

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ޖުމްލަ 12 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
އެ ކޯޓުގެ ގާޒީ ކަމުގެ މަގާމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުރުސަތު ހުޅުވާލީ މާޗް 19 ވަނަ ދުވަހު އެވެ.
ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުން
އުއްމުކުލްޡޫމް އަބޫބަކުރު / ރަނައުރާގެ، ބ.ހިތާދޫލިއުޝާދު ޢަބްދުއްސައްތާރު / ހިޔާ، ހދ.ނޮޅިވަރަންޙައްމާދު ނަސީމް ޢަލީ / ނާރެސް، ގދ.ފިޔޯރީމުޙައްމަދު މިންހާޖް / ހިރިލަންދޫގެ، ސ.ފޭދޫފާޠިމަތު ނަބާހާ / ޝާދީވިލާ، ގދ.ފިޔޯރީޢާއިޝަތު ނުޒުހާ / މާލެގަން، ފެނާތުރު، ޏ.ފުވައްމުލައްޢާއިޝަތު ނިހާ / މޫން ޕްލާޒާ، ހދ.ވައިކަރަދޫޢަބްދުލްމުޙުސިން ޢަބްދުލްހަކީމް / އާކުރި، ގއ.ނިލަންދޫފާޠިމަތު ސަޢީދު / ގެދަރުގެ، ސ.ފޭދޫޙަސަން ޝަމާމް / ކޮށިތެރޭގެ، ހއ.އިހަވަންދޫއަހްމަދު ނައުފަލް / ޝިފާނާވިލާ، ކ.މާލެޢަލީ ނަޞީރު / ގާރޑެނިޔާވިލާ، ބ. ކިހާދޫ
ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާއާއި، ލިވިން އެލަވަންސަށް މަހަކު 15،000 ރުފިޔާއާއި ރިސްކް އެލަވަންސަށް މަހަކު 3،300 ރުފިޔާ ލިބޭނެ އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެލްތު އިންޝުއަރެންސް އާއި ފޯނު އެލަވަންސް ލިބޭނެ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ