ބަލިތަކުން ފަރުވާ ހޯދުމާއި ގުޅޭގޮތުން ސާބިތުނުހިފޭ ވާހަކަ ނުދެއްކެވުމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިލްތިމާސް ކުރައްވައިފިއެވެ.
ދުނިޔޭގެ ސިއްޚަތާއި ބެހޭ ދުވަހާއި ގުޅިގެން މިނިސްޓަރު ނާޒިމް ނެރުއްވި ޚިތާބުގައި ވިދާޅުވެފައިވަނީ، ގަސްތުގައި އޮޅުވާލުމުގެ ނިޔަތުގައި އަދި ބައެއް ފަހަރު ނޭނގިތިބެވެސް ޞައްޙަ ނޫން އަދި ޙަޤީގަތާ ޚިލާފު ވާހަކަތައް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ފަތުރާކަމަށާއި، އެގޮތަށް ޢަމަލުނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
އަދި މިއީ ވަރަށްވެސް ޒިންމާދާރުކަން ކުޑަ، އަދި ބައެއް ފަހަރަށް މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ކަންކަން ކުރިމަތިވެދާނެ ފަދަ ނޭދެވޭ ޢަމަލުތަކެއް ފާހަގަކުރައްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ މިފަދަ ކަންކަމަށް ސަމާލުވެ ތިމާއާ ތިމާގެ އާއިލާގެ ޞިއްޙީ ދުޅަހެޔޮކަމާއި ގުޅުންހުރި މުހިއްމު ނިންމުމެއްގައި، ޞިއްޙީ އިދާރާއާއި ޞިއްޙީ ޚިދުމަތްތެރިންގެ ލަފައާއި އިރުޝާދަށް އިތުބާރުކޮށް އެގޮތަށް ކަންކަން ނިންމުމަކީ މުހިއްމު ކަމެއް ކަމުގައިއެވެ.
މިއަދުގެ ޚިތާބުގައި ވަޒީރު ވަނީ، ކޮންމެ މީހަކުވެސް އެމީހެއްގެ ޞިއްޙީ ދުޅަހެޔޮކަމާ ގުޅޭ މުހިއްމު ބަދަލެއް ގެނައުމަށް މަސައްކަތްކޮށް، އަދި ޞިއްޙީ ނުރަނގަޅު އާދަތައް ދޫކޮށްލުމަށް ވެސް އިލްތިމާސްކުރައްވައިފައެވެ.
ހެލްތު މިނިސްޓަރުގެ އިލްތިމާސް: ފަރުވާ ހޯދުމާއި ގުޅޭ ގޮތުން ސާބިތުނުހިފޭ ވާހަކަ ނުދައްކަވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ