މިދިޔަ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ކުންފުނިތަކުގެ ވެރިން ވަކިކުރުމުގެ ސިލްސިލާގެ ތެރެއިން ފެނަކަ ކުންފުނީގެ އިތުރު ދެ ވެރިޔަކު މިއަދު ވަކިކޮށްފި އެވެ. އަދި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) މުހައްމަދު އާރިފް ވަނީ އިސްތިއުފާ ދޭން ފުރުސަތު ދިނުމުން އަމިއްލައަށް އިސްތިއުފާ ދެއްވާފަ އެވެ.
ވީ ކިހިނެއް؟ - މިިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންނާއި ކުންފުނިތަކުގެ ބައެއް ވެރިން ވަކިކުރަން އިއްޔެ ވަނީ ފަށާފަ އެވެ.
ތަފްސީލު - ޕީސީބީން އިއްޔެ ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވަކިކޮށްފަ އެވެ.
މިއަދު މަގާމުން ވަކިކުރި މީހުންގެ ތެރޭގައި ހިމެނެނީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި:
ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ޖިހާދު
ޗީފް ރިސޯސް އޮފިސަރު (ސީއާރުއޯ) އަބްދުﷲ ސަނޫން
މީގެ އިތުރުން، ޑީއެމްޑީގެ މަގާމުގައި ހުންނެވި އާރިފް ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފަ އެވެ. އެނގިފައިވާ ގޮތުގައި، އޭނާ އިސްތިއުފާ ދެއްވީ އިސްތިއުފާ ދޭން ސަރުކާރުން އެންގުމުންނެވެ.
ފެނަކަ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ ޑީއެމްޑީ އާދަމް ތައުފީގްއާ އެވެ.
ފެނަކައިގެ އިތުރު 2 ވެރިއަކު ވަކިކޮށް، ޑީއެމްޑީ އާރިފް އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ