ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ އަންހެނުން ހައްޔަރުކޮށްފި ސްކޭމް މައްސަލަތައް އަދިވެސް މަދުކުރުމަށް އާންމުން ހޭލުންތެރިވުން މުހިންމު އެމްފައިސާ މެދުވެރިކޮށް ޕެޓްރޯލަށް ފައިސާ ދައްކައިގެން 20 ރުފިޔާ ވޮލެޓަށް ބޭހަށް ނުގުޑާ ބަލިތަކުން ސަލާމަތްވުމަށް

ފެނަކަ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފް އިސްތިއުފާ ދެއްވައިފިއެވެ.
މިއަދު ފެނަކައިގެ ޑީއެމްޑީ އާރިފު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވިއިރު، ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ޖިހާދާއި ޗީފް ރިސޯސަސް އޮފިސަރު އަބްދުﷲ ސަނޫން ވަނީ މަގާމުން ވަކިކޮށްފައެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް ވަނީ އިއްޔެ މަގާމުން ވަކިކޮށްފަ އެވެ. އަދި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވެސް ސަރުކާރުން އެދިގެން އިސްތިއުފާ ދެއްވާފައިވާއިރު އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރު ހުސައިން ދީދީ އާއި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހިދުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.
މީގެ އިތުރުން ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފާއި ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް އިއްޔެ ވަނީ މަގާމުން ވަކިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ