ރޯދަ މަހު ދީނީ ކަންކަމާއެކު ހަވާލުވެފައިވާ ޒިންމާތައް ވެސް އަދާކުރަންޖެހޭނެ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ އަންހެނުންގެ ގޮފީގެ ފަރާތުން ރޭ ބޭއްވި މާހެފުމުގައި ވާހަކަފުޅުދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ ރޯދަ މަހު ހަމައެކަނި ނަމާދުކޮށްފައި ގުރުއާން ކިޔެވީމަ، ތިމަންނަގެ ޒިންމާ އަދާވީ ނޫން ކަމަށާއި ހަވާލުވެފައިވާ ޒިންމާތަކަކީ ނަމާދުކޮށް ގުރުއާން ކިޔެވުމަށްފަހު، ހަވާލުވެފައިވާ ކަންތައްތައް ވެސް ރަނގަޅަށް ކުރުން ކަމަށެވެ.
"ދީނީ މިފަދަ މައްސަރަކާ އަޅުގަނޑުމެން ކުރިމަތިލާފައި ތިބި އިރު، އަޅުގަނޑުމެންގެ ދީނީ އަގީދާ ވަރުގަދަކުރުމާއެކީގައި ދީނީ ކަންކަމަށް މަސައްކަތްކުރާ ފަދައިން އަޅުގަނޑުމެންނާ ހަވާލުވެފައިވާ ޒިންމާތައް ވެސް އަޅުގަނޑުމެން އަދާކުރަން ޖެހޭނެ،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.
ކޮންމެ ކަމެއްގައި ވެސް ދުނިޔެއާއި އާހިރަތުގެ ދެބައި ހަމަހަމަކުރަންޖެހޭކަން ފާހަގަކުރައްވަމުން ފަސްޓް ލޭޑީ ވަނީ އަޅުކަމަށް ފަހުވެސް ޕްލޭންކުރުމަށްފަހު ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕޭންގެ މަސައްކަތްވެސް ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
"ރޭ އަޅުކަން ކުރުމަށްފަހުގައި ވެސް އަޅުގަނޑުމެންގެ ހަވާލުވެފައިވާ ޒިންމާއަކުން އަޅުގަނޑުމެންނަށް ބަރީއައެއް ނުވެވޭނެއޭ. އަޅުގަނޑަށް ޔަގީން އިސްލާމްދީނަކީ ވަރަށް ފުރިހަމަ ދީނެއް. އަޅުގަނޑުމެން ޖެހޭ ހުރިހާ ކަމެއް ހަމަހަމަ ކަންމަތީގައި ކުރަން،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.
ދީނީ ކަންކަމާއެކު ހަވާލުވެފައިވާ ޒިންމާތައް ވެސް އަދާކުރަންޖެހޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ