ސަލްމާންގެ ބައްޕަގެ ހާލު ދެރަވެ، ހޮސްޕިޓަލުގައި ފަރުވާދެނީ
ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާންގެ ސިއްހީ ހާލު ދެރަވުމާ ގުޅިގެން ހޮސްޕިޓަލުގައި އެޑުމިޓުކޮށް ސަލީމަށް ފަރުވާ ދެމުން އަންނަ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި 90 އަހަރުގެ ސަލީމަށް ފަރުވާ ދެމުން އަންނަނީ މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައެވެ. ސަލީމް ހޮސްޕިޓަލުގައި އެޑުމިޓް ކުރުމާ ގުޅިގެން ސަލްމާން ޚާންގެ އިތުރުން އާއިލާގެ އިތުރު މެމްބަރުން ވެސް ވަނީ ބައްޕަ ސަލީމްގެ ގާތަށް ޒިޔާރަތްކޮށްފައެވެ. އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ވިކީ ލަލްވާނީއާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ ކުރީގެ ފިލްމު ސްކްރީން ލިޔުންތެރިޔާއަށް ފަރުވާދޭންފެށީ ލޭގަނޑުވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ސަލީމްގެ އާއިލާއިން ވެސް ހާމަކޮށްފައެވެ. ސަލީމް ޚާން ދެ އަންބިން ކަމަށްވާ ކުރީގެ ބަތަލާ ހެލެން އަދި ސަލްމާ ޚާންއާ އެކު--ފޮޓޯ/އެންޑީޓީވީ އިއްޔެ ހަވީރުގެ ވަގުތެއްގައި ސަލީމްގެ ހާލު ދެރަވެ ލީލާވަތީ ހޮސްޕިޓަލަށް ގެންދެވުމާ އެކު އޭނާއަށް ވަނީ އައިސީޔޫގައި ފަރުވާދޭން ފަށާފައެވެ. ވިކީ ލަލްވާނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ސަލީމް ހޮސްޕިޓަލަށް ގެންދެވުނީ ހާލު ދެރަވެގެން ކަމަށްވިޔަސް މިހާރު ހާލު ރަނގަޅު ކަމަށެވެ. ސަލީމް ޚާން އަކީ އިންޑިއާގެ މަޝްހޫރު ޅެންވެރިޔާ ޖާވިދު އަޚްތަރާ ގުޅިގެން 1970އިގެ އަހަރުތަކުގެތެރޭ ވަރަށް މަގުބޫލު ފިލްމުތަކެއް ސްކްރީނަށް ގެނެސްދިން ފަރާތަކެވެ. އޭގެތެރޭގައި "ޒަންޖީރު"، "ދީވާރު"، "ޝޯލޭ" އަދި "ޑޮން" ފަދަ ފިލްމުތައް ހިމެނެއެވެ. ކުރީގެ ފިލްމީ ތަރި ހެލެންއާ ދެ އަންބަށް ކައިވެނިކޮށްގެން އުޅޭ ސަލީމްގެ ފުރަތަމަ ކައިވެންޏަށް ތިން ފިރިހެން ކުދިންނާއި އަންހެން ކުއްޖަކު ލިބިފައިވާއިރު ސަލީމްގެ އާއިލާއަށް ނިސްބަތްވާ އަރުޕިތާ އަކީ އެ އާއިލާއިން އެޑޮޕްޓްކޮށްފައިވާ ކުއްޖެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ