ސަރުކާރުގެ ޕޭ-ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން މުސާރަތައް އެއްހަމަކުރަމުން ދަނީ އެކި ދާއިރާތަކަށް ބަހާލައިގެންނެވެ. އެގޮތުން މިދިޔަ އަހަރު ސިވިލް ސާވިސް އަދި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަ ވަނީ އެއްހަމަކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާ ގޮތަށް، މިހާތަނަށް މުސާރައިގެ ކުރިއެރުން ލިބިފައިނުވާ އިދާރާތަކުގެ މުވައްޒަފުންނަށްވެސް މިއަހަރުގެ ތެރޭގައި މުސާރަ އެއްހަމަވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ނޭޝަނަލް ޕޭ ފްރޭމްވޯކަކީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން، ދައުލަތުގެ ހުރިހާ އިދާރާއެއްގެ މުސާރައާއި އިނާޔަތްތައް އެއްހަމަކުރުމަށްޓަކައި ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ ހާއްސަ އޮނިގަނޑެކެވެ.
ކަސްޓަމްސްއާއި ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ