މަސް ހިފަން މޫދަށް އެރި އުޅުނު ޒުވާނަކު ނިޔާވެއްޖެ

ލ. ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު ޒުވާނަކު މިއަދު ނިޔާވެއްޖެ އެވެ.
ނިޔާވެފައި ވަނީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ.
ފުލުހުން ބުނީ، ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 3:42 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެ ޒުވާނާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ