ޒާހިދު މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން އެ ކޮމިޝަނުން މީޑިއާއަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އޭނާ މަޤާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް ނުވަތަ އެކަމާ ގުޅޭ އިތުރު ތަފްސީލެއް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މުޙައްމަދު ޒާހިދު އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމަށް އައްޔަންކުރެވުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އޭނާ އިސްތިއުފާ ދެއްވިއިރު، އެ ކޮމިޝަނުގައި ރައީސް ހިމެނޭހެން ޖުމްލަ ފަސް މެންބަރުން ތިއްބަވައެވެ.
އިލެކްޝަންސް ކޮމިޝަނަކީ ރާއްޖޭގައި ބޭއްވޭ އެކި އިންތިޚާބުތައް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށްގެންދިއުމުގެ ދުސްތޫރީ ޒިންމާ އުފުލަންޖެހޭ މުއައްސަސާއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ