އޭއޯ ރޯދައިގެ ބަދިގެ: ކްރީމީ ޗިކެން ޕާސްތާ އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލާގައި 8 މީހަކަށް ދަޢުވާކުރަނީ ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ ތިން ވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފި އުރީދޫ ‘ހިނގާ’ އޭޓީވީ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔަކަށް ހަސަ

ބޭންކް އޮފް މޯލްޑިވްސްއިން އިފްތިތާހު ކުރި މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓް “ސްވައިޕް” އައްޑޫ ސިޓީއަށް ތައާރަފްކޮށްފިއެވެ.
އައްޑޫސިޓީ ހިތަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ރަސްމީކޮށް ތަޢާރަފް ކޮށްދެއްވީ، ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާނެވެ. ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ސްވައިޕަކީ، ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓެވެ. ޖަރުމަނުގައި ކުރިއަށްދިޔަ އައިޓީބީ ބާލިންގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ވޮލެޓް ރަސްމީކޮށް އިފުތިތާހުކޮށްފައިވާއިރު، އައްޑޫ ސިޓީއަކީ ރާއްޖޭގައި މި ވޮލެޓް ތައާރަފުކުރި ފުރަތަމަ މަންޒިލެވެ. ބީއެމްއެލް އިން ބުނީ މިހާރު އައްޑޫގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން ސްވައިޕް ބަލައިގަންނާނެ ކަމަށެވެ.
ރޭ މި ހިދުމަތް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ޑިޖިޓަލް އައު ޒަމާނަކަށް ދިވެހިރާއްޖެ ވާސިލްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިސްނެންގެވުމުގެ މަތިން، ދައުލަތުގެ މުއައްސަސާތައް ގުޅިގެން ޒަމާނީ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދެވޭނެ އެކި ޕްރޮގްރާމްތަކުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.އަދި ބަވަނަވަމުން ދާ ދުނިޔޭގައި، ޑިޖިޓަލް އިގްތިސާދެއް ގާއިމް ކުރުމަށް އޮތް އެންމެ މުހިންމު އެއްކަމަކީ ހަރުދަނާ އޮންލައިން ޕޭމަންޓް ނިޒާމެއް ގާއިމުކުރުންކަމުގައި ޝަރީފް ވިދާޅުވިއެވެ.
މި ތާއަރަފުކުރި ވޮލެޓަކީ، ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެ އާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭ އުފެއްދުމެއްކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއްކަމަށެވެ.
އިތުރަށް ޝަރީފް ވިދާޅުވީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު ސްވައިޕަކީ ފަތުރުވެރިންނަށްވެސް ރާއްޖޭގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ރަސްމީ ވޮލެޓްކަމަށެވެ. ރާއްޖެ އަންނަ ފަތުރުވެރިން، އެހެން ވޮލެޓުތަކާ ކްރެޑިޓް ކާޑުތަކުން ފައިސާ ދައްކާއިރު، މިހާރު 2.5 އިންސައްތައިން މަތިން ކޮމިޝަން ނެގާކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ ސްވައިޕް މެދުވެރިކޮށް ހަދާ މުއާމަލާތްތަކުން ނަގާނީ އެންމެ އިންސަތައެއް ކަމަށެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ގައުމީ ބެންކުގެ ހައިސިއްޔަތުން އެ ބެންކުގެ މެންޑޭޓަކީ މިފަދަ މާލީ ހިދުމަތްތަކާއެކު ދިވެހި ރައްޔިތުންގެ އިގްތިސާދީ އަދި އިޖުތިމާއީ ދުޅަހެޔޮ ކަމަށް އެހީތެރިވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ