އަބްދުއްރަހީމް ރަސްމީ ދަތުރެއްގައި ސައުދީއަށް ފުރާވަޑައިގެންފި އަބްދުއްރަހީމް ރަސްމީ ދަތުރެއްގައި ސައުދީއަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރަސްމީ ދަތުރެއްގައި ސައުދީ އަރަބިއްޔާއަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ އަބްދުއްރަހީމް ސައުދީއަށް ފުރާވަޑައިގެންނެވީ ސައުދީގެ ގާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސްގެ ދައުވަތަކަށް ކަމަށެވެ.
އަބްދުއްރަހީމް ސައުދީއަށް ކުރައްވާ ދަތުރު ނިންމާލެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24، ގަ އެވެ.
އެ ދަތުރުގައި އަބްދުއްރަހީމްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި، މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އަދި ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒް ބައިވެރިވެވަޑައިގަންނަވަ އެވެ.
ކޮމަންވެލްތުގެ ގައުމުތަކުގެ މަޖިލިސް ރައީސުން ބައިވެރިވެވަޑައިގަންނަވާ 28 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އަބްދުއްރަހީމް ވަނީ މިދިޔަ ހަފްތާގައި އިންޑިއާއަށް ރަސްމީ ދަތުރެއް ކުރައްވާފަ އެވެ.
އެ ދަތުރުގައި އަބްދުއްރަހީމް ވަނީ އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސްއާ ވެސް ބައްދަލުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ