އައްޑޫއަށް ޓޫރިޒަމް އަށް އުފާވެރިކަން: އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ ބަނދަރުކޮށްފި އައްޑޫ ޕޯޓުގައި ދެން ޑިއުޓީ ފްރީކޮށް މުދާ ބެހެއްޓޭނެ: މިނިސްޓަރު ސަޢީދު އައްޑޫ ޓެކްސް ފްރީ ޒޯނަކަށް ހަދަން ނިންމީ “އައްޑޫ މަރާލަން”: ނިޒާރު ސަރުކާރުގެ 3 ވަނަ އައިނު ފިހާރަ

އައްޑޫ ސިޓީގެ ފޭދޫގައި ވަޒީފާ އަދާކުރަމުން އަންނަ ސްރީލަންކާގެ ރައްޔިތަކު ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްދީން ގަބޫލުކޮށްފިއެވެ. އޭނާ އިސްލާމްވިކަން އާންމުކޮށްފައިވަނީ ދީނީ މައުލޫމާތު ފެތުރުމުގައި ހަރަކާތްތެރިވާ މިޝްކާތު ފައުންޑޭޝަނުންނެވެ.
މިޝްކާތު ފައުންޑޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ފޭދޫގައި ހުންނަ ނަޔާ ސެލޫންގައި މަސައްކަތްކުރަމުން އައި ލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަސިންހަ އަރައްޗިގޭ ވަރުނަ ޕްރަބާތު ސަދަރުވާން އިސްލާމްދީން ގަބޫލުކުރުމަށްފަހު، މިހާރު ވަނީ އޭނާގެ ނަން އަބްދުﷲ އާދަމްގެ ނަމަށް ބަދަލުކޮށްފައެވެ.
މި އުފާވެރި ހަބަރު އާންމުކުރަމުން، އެ ފައުންޑޭޝަނުން ވަނީ އަބްދުﷲ އާދަމްއަށް އިސްލާމްދީން މަތީ މަރުވުމާ ހަމައަށް ސާބިތުކަން ދެއްވުން އެދި ދުއާކޮށްފައެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން އެކި ގައުމުތަކަށް ނިސްބަތްވާ މީހުން އަންނަނީ ދޭތެރެދޭތެރެއިން އިސްލާމްދީނަށް ވަންނަމުންކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ