ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ދިރާގުން ވަނީ މި މަހުގެ 5ގައި އެ ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން:
[email protected] އަށް އީމެއިލް މެދުވެރިކޮށް، އަންނަ މަހުގެ 12ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3ގެ ކުރިން ހުށަހަޅަންޖެހޭ
'ޕަބްލިކް ޑައިރެކްޓަރުކަމަށް އެދޭ ފޯމު'އާ އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް، ސިޓީ އުރައެއްގައި ބަންދުކޮށް ދިރާގު ހެޑް އޮފީސްއަށް، ކޮމްޕެނީ ސެކްރެޓަރީއަށް އެޑްރެސްކޮށްފައި ވެސް ފޮނުވޭނެ
އެޕްލިކޭޝަން ފޯމު ދިރާގުގެ އޭޖީއެމް ޕޭޖުން ނުވަތަ އަންނަ މަހު 12އަށް ދިރާގު ހެޑް އޮފީހުން ލިބޭނެ
ތަފްސީލް - ޕަބްލިކް ޑިރެކްޓަރުގެ މަގާމަކީ މެޖޯރިޓީ ހިއްސާދާރުން ފިޔަވައި އެހެން ހިއްސާދާރުންގެ މެދުގައި ނެގޭ ވޯޓަކުން ހޮވޭ، އާންމު ހިއްސާދާރުން ތަމްސީލުކުރާ ބޭފުޅެކެވެ.
މި މަގާމަށް ހޮވޭ ބޭފުޅެއްގެ ދައުރަކީ އެ ބޭފުޅަކު އިންތިހާބުކުރާ އަހަރީ އާންމު ޖަލްސާއިން ފެށިގެން، އޭގެ ފަހުން ބާއްވާ ދެވަނަ އަހަރީ އާންމު ޖަލްސާގެ ނިޔަލަށެވެ.
މި އިންތިހާބު އޮންނާނީ އަންނަ އޭޕްރީލްގައި ބާއްވާ ދިރާގުގެ 37 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ.
ހުށަހަޅާ އެޕްލިކޭޝަންތައް ވަކި ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން އިވެލުއޭޓްކޮށް ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ބޯޑުގެ އާރުއެންޖީ ކޮމިޓީންނެވެ. އެގޮތުން:
ޝޯޓްލިސްޓްކުރުމަށްޓަކައި މަގާމަށް އެދި ހުށަހަޅައިފައިވާ ފަރާތްތަކާ އިންޓަވިއު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް
އެއަށް ފަހު، ކޮމިޓީން ނިންމާ ނަންތައް ބޯޑުގެ ހުއްދައާ އެކު އަހަރީ އާންމު ޖަލްސާގެ ނޯޓިސްގައި ހިމަނައ ވޯޓަށް ހުށަހަޅާނެ
މި މަގާމަށް ހޮވާނީ އެންމެ ގިނަ ވޯޓު ލިބޭ މީހެއް
ވޯޓު ދިނުމުގެ ފުރުސަތު ލިބޭނީ ޖަލްސާއަށް ހާޒިރުވާ، އޮންލައިންކޮށް ބައިވެރިވާ ނުވަތަ ޖަލްސާގައި ހިއްސާދާރުން ތަމްސީލުކުރާ ފަރާތްތަކަށް؛ ކޮންމެ ހިއްސާދާރަކަށް ނުވަތަ ހިއްސާދާރެއް ތަމްސީލުކުރާ ފަރާތަކަށް ވެސް ވޯޓު ދެވޭނީ އެ ފަރާތަކަށް ނިސްބަތްވާ ޖުމްލަ ހިއްސާގެ އަދަދަށް ކޮންމެ ހިއްސާއަކަށް ވޯޓެއްގެ އުސޫލުން
ދިރާގުގެ ޕަބްލިކް ޑިރެކްޓަރަކަށް ކުރިމަތިލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ